ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާ ޑރ. މުއިއްޒު ކުށްވެރި ކުރައްވައިފި
ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާ މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފިއެވެ.
މި ހަމަލާއާއި ގުޅިގެން ޑރ މުއީޒް ވިދާޅުވީ މި ހަމަލާ ހަރުޚަށި އިބާރާތުން ކުއްވެރި ކުރާ ކަމަށާއި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާ ވާފަދަ އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ
މުއީޒުގެ އިތުރުން މި ހަމަލާ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަންމަނިކުވެސް ވަނީ ކުށްވެރި ކުރައްވާފައެވެ. ރައީސް ވަހީދު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހައް އޮންނަ ނަފްރަތު ކުރުމުގެ އަމަލު ދޫކޮށްލައި އެކަކު އަނެކަކަށް ގުޅިގެން މަސައްކަތް ކުރުމަށް އެންމެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.