ކާފިއުގެ ހާލަތު އޮތްނަމަވެސް ތަރާވީހަށާއި ދަމު ނަމާދަށް މިސްކިތްތަކަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިފި

ރާއްޖޭގެ ކޮވިޑްގެ ހާލަތު ދުވަހެއް ދުަވަހަކަށް ދަނީ ގޯސްވަމުންނެވެ. އެގޮތުން ފާއިތުވި ދެދުވަސްތެރޭގައި ރެކޯޑް އަދަދަކަށް މީހުން ފައްސިވެފައިވާއިރު، ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ. ކަންމިހެން އޮތުމުން މިސްކިތްތަކަށް ތަރާވީހާއި ދަމު ނަމާދަށް ދާ ފަރާތްތަކަށް މިކަމުގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތެވެ..

އެހެން ކަމުން މިއީ ރޯދަ މަހުގެ ފަހު ދިހައެއްގެ ދުވަސްތައް ކަމުން ތަރާވީސް ނަމާދާއި ދަމު ނަމާދުގެ ޖަމާއަތުގައި ބައިވެރިވުމަށް ގިނަ ބަޔަކު މިސްކިތްތަކަށް ގޮސް އުޅެއެވެ. އެހެން ކަމުން އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ކަމާބެހޭ އިދާރާތަކާ ބައްދަލުކޮށް މިސްކިތުގެ ޖަމާއަތުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.

އިޝްތިހާރު full width ad 1200 x 150

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ މިރެއިން ފެށިގެން ތަރާވީސް ނަމާދު 8:50 ގައި ނިންމަން ހުރިހާ އިމާމުންނަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ. ހަތިމުކުރާ ގޮތަށް ތަރާވީސް ނަމާދު ކުރާ މިސްކިތްތަކުގައި މިހާރު ޖަމާއަތް ނިމެނީ 9:30 ގައެވެ.

ރެއިން ފެށިގެން ރޭގަނޑު 9:00 ފަތިހު 4:00 އައި ދެމެދު ކާފިއު ހިންގަން ވަނީ ފަށާފައެވެ. މި ވަގުތުތަކުގައި އެއްގޮތަކަށް ވެސް ބޭރަށް ނުކުމެ އުޅުން ވަނީ މަނާ ކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.