ކޮވިޑް-19: ރާއްޖެއިން އަނެއްކާވެސް އިތުރު މަރެއް، 24 ގަޑިއިރުތެރޭ ދެވަނަ މަރު
ކޮވިޑް-19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ރާއްޖެއިން މިއަދު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ދީފައިވާ ގޮތުގައި ނިޔާވެފައި ވަނީ ޅ. ނައިފަރު ގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މީހާ ނިޔާވީ މިއަދު މެންދުރު 12:30 ގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 76 ވަނަ މީހާއެވެ.
ރޭގެ ވަގުތެއްގައިވެސް ރާއްޖެއިން ވަނީ ކޮވިޑް ބަލީގައި މީހަކު ނިޔާވެފައެވެ. ރޭ ނިޔާވެފައި ވަނީ އުމުރުން 77 އަހަރުގެ އަންހެނެކެވެ.
އެހެންކަމުން ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑް ބަލީގައި މި ވަނީ ދެ މީހަކު ނިޔާވެފައެވެ.
ތަފްސީލު އަންނަނީ