އިންޓަމިލާނުން އިޓާލިއަން ލީގު ޗެމްޕިއަންކަން ހޯދައިފި

އިންޓަމިލާނުން އިޓާލިއަން ލީގު ޗެމްޕިއަންކަން ހޯދައިފިއެވެ.

އެޓީމުން އިޓާލިއަން ލީގު މި ހޯދީ 11 އަހަރުގެ ދިގު މުއްދަތަށް ފަހުގައެވެ.

އިޝްތިހާރު Below Header ad

ބާކީ ހަތަރު މެޗު އޮއްވައި ލީގު ޗެމްޕިއަންކަން އިންޓައަށް ކަށަވަރުވީ ލީގުގައި އާދީއްތަ ދުވަހުގެރޭ ދެވަނައިގައި އޮތް އެޓަލާންޓާ އާއި ސަސުއޯލޯ ބައްދަލުކުރި މެޗު އެއްވަރުވުމާ ގުޅިގެންނެވެ. މިއީ އިންޓައިން އެ ކުލަބުގެ ތާރީޚުގައި ލީގު ކާމިޔާބުކުރި 19 ވަނަ ފަހަރެވެ.

ލީގުޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދާފައިވާ ޔުވެންޓަސްއަށް މިފަހަރުގެ ލީގު ޗެމްޕިއަންކަން ގެއްލުނު އިރު، މިއީ ފާއިތުވި 10 އަހަރު ތެރޭ ޔުވެންޓަސް އަތުން ލީގު ގެއްލުނު ފުރަތަމަ ފަހަރެވެ.

ލީގު ޗެމްޕިއަންކަން ހޯދި އިންޓަމިލާން ލީގު ކަށަވަރު ކުރީ ކުޅުނު 34 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ ދެވަނައިގައި އޮތް އެޓަލާންޓާއަށް 34 މެޗުން 69 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ނާޕޮލީ އާއި ހަތަރުވަނައިގައި އޮތް ޔުވެންޓަސް އަދި ފަސްވަނައިގައި އޮތް މިލާނަށް ވަނީ 33 މެޗުން 66 ޕޮއިންޓް ލިބިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.