5 ހާހަށް ވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނު ފަށައިފި

5 ހާހަށް ވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނު ފަށައިފި އެވެ.

މިއަދު ފެށި މި އިމްތިހާން ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

އިޝްތިހާރު Below Header ad

މިއަހަރުގެ އިމްތިހާންގައި މާލެ އާއި އަތޮޅުތަކުން ޖުމްލަ 5،955 ދަރިވަރުން ބައިވެރި ވެފައިވާ އިރު، އެއީ މާލޭގެ ސްކޫލްތަކުން 2،196 ދަރިވަރުންނާއި އަތޮޅުތެރޭގެ ސްކޫލުތަކުން 3،759 ދަރިވަރުން ނެވެ.

އިމްތިހާން ކުރިއަށް ގެންދަނީ މާލޭގެ 22 ސެންޓަރަކާއި އަތޮޅު ތެރޭގެ 213 ސެންޓަރެއްގަ އެވެ.

އެޑިއުކޭޭޝަން މިނިސްޓްރީން ބުނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ދަރިވަރުންނާއި ކަރަންޓީނުގައި ތިބި ދަރިވަރުންގެ ތެރެއިން އިމްތިޙާނު ހެދޭ ހާލަތުގައި ތިބި ދަރިވަރުންނަށް އެޗްޕީއޭގެ ގައިޑްލައިންނާ އެއްގޮތަށް އިމްތިޙާނުގައި ބައިވެރިވުމުގެ ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން އެޗްޕީއޭ އާއި ރަށްރަށުގެ ޓާސްކްފޯސްތަކާއި ސިއްހީ އިދާރާތައް ގުޅިގެން ރައްކާތެރިކަމާ އެކު އިމްތިހާނު ހެދޭނެ އިންތިޒާމު އެފަދަ ދަރިވަރުންނަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެޑެކްސެލް އޭލެވަލް އިމްތިހާނު ވެސް މިހާރު ކުރިއަށްދާ އިރު، އެޑެކްސެލް އިމްތިހާންގައި 2800 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. އެއީ މާލޭގެ ސްކޫލްތަކުން 1،890 ދަރިވަރުންނާއި، އަތޮޅުތެރޭގެ ސްކޫލުތަކުން 931 ދަރިވަރުންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.