ކޮވިޑް-19: މިވަގުތު އެންމެ ބިރުބޮޑު ގައުމަކަށް އޮތީ އިންޑިއާ

ކޮވިޑް-19ގެ ބިރުވެރިކަން އެންމެ ބޮޑު އެއްގައުމަކީ އިންޑިއާއެވެ. އިންޑާގައި ކޮވިޑް-19ގެ ބިރުވެރިކަން ނުރައްކާ ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނައިރު، އިންޑިއާއިން ކޮންމެ ދުވަހަކުވެސް ހަތަރު ލައްކައަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިމުންދެއެވެ. އަދި 3 ހާހަށްވުރެ ގިނަ މީހުން ކޮންމެ ދުވަހަކުހެން މި ބަލީގައި މަރުވަމުން ދެއެވެ.

އިންޑިއާއަށް ކޮވިޑްގެ ނުރައްކާ އެންމެ ބޮޑުވެފައިވަނީ ފާއިތުވެދިޔަ އޭޕްރިލް މަހުން ފެށިގެންނެވެ. އެ ގައުމަކީ ބަލިން ރައްކާތެރިވުމަށް އެންމެ ވަރުގަދައަށް ވެކްސިން ޕްރޮގްރާމް ވެސް ފެށާ ވެކްސިން އެކި ގައުމުތަކަށް ފޯރުކޮށްދީހެދި ގައުމުވެސް މެއެެވެ. އެހެން ނަމަވެސް އޭޕްރިލް މަސް ފަށައިގެން އެ ގައުމުގައި ކޮވިޑްގެ ކޭސްތައް ހައްދުން ނައްޓާ ވަރަށް އިތުރުވާން ފެށިއެވެ.

އިޝްތިހާރު Below Header ad

އަދި އޭޕްރީލް މަސް ނިންމާލިއިރު، އެ ގައުމުގައި އެއް ދުވަހެއްގެ ތެރޭގައި ކޮވިޑަށް ފައްސިވި މީހުންގެ އަދަދުތަކުގެ އާ ރެކޯޑެއް ވެސް ވަނީ ހަދާފައެވެ. އެގޮތުން އެ ގައުމުގައި އިއްޔެ އެކަނިވެސް 386452 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި އޭގެ ކުރިން ދުވަހު 402,110 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއާއެކު އެ ގައުމުގައި ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 19.02 މިލިއަން އަށް އަރާފައެވެ.

އެ ގައުމުން އިއްޔެ ކޮވިޑް ބަލީގައި މަރުވެފައި ވަނީ 3,498 މީހެކެވެ. ފާއިތުވެދިޔަ 10 ދުވަހު އެ ގައުމުގައި ކޮވިޑް ގައި މަރުވާ މީހުންގެ އަދަދުތައްވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އެ ގައުމުގައު މިހާރު މި ބައްޔަށް ފަރުވާދެވޭނެ ވަރަށް ހޮސްޕިޓަލްތަކުގައި ޖާގަ ނެތެވެ. އަދި ސިއްހީ ހިދުމަތްތެރިންވެސް ނެތެވެ. އަދި އެ ފަރާތްތަށް ބޭނުންވާ އޮކްސިޖަންވެސް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އަދި މީގެ އިތުރުން، އެ ގައުމުގައި ގިނަ ބަޔަކު މިހާރު މަރުވަމުން ދަނީ ފަރުވާ ނުލިބިއެވެ. އަދި މިހާރު މަރުވާ މީހުން ވަޅުލުމުގެ ކަންކަމާއި، އެންދުމުގެ ކަންކަމަށްވެސް ވަނީ ބުރޫ އަރާފައެެވެ.

މިހާރު އެ ގައުމުގައި ކޮވިޑް ޖެހިގެން މަރުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވަނީ 3 ލައްކަ ފައްސަތޭކަ ތޭވީސް މީހެކެވެ.

އެހެން ނަމަވެސް މި އަދަދު މިއަށްވުރެ ބޮޑަށް އިތުރުވެފައި ހުރެދާނެ ކަމަށް ސިއްހީ މާހިރުން ގަބޫލު ކުރެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.