މަރުޙަބާ އިގްނާދު، އެމްއެމްސީ މެންބަރު
މިއަދު ކުރިއަށް ދިޔަ މީޑީއާ ކައުންސިލް އިންތިޚާބުގައި މީޑިއާ މެންބަރު ކަމަށް ކުރިމަތި ލެއްވި އެޓޯލް ނިއުސްގެ އިބްރާހީމް ރަމީޒް ވަނީ އެ އިންތިޚާބުގައި ވާދަ ނުކުރުމަށް ނިންމާފައެވެ. އަދި ވޯޓުލުމަށް ދާން ބުނި ގިނަ މީހުންނަށް އެކަން އެސް އެމް އެސް ކޮށް އިންތިޚާބުގައި އިބްރާހީމް ރަމީޒް ބައިވެރި ނުވާކަން އެންގިއެވެ. ވޯޓުލުމުގެކުރިން އެކަން ހޯމް މިނިސްޓްރީ އަށް އެންގި ނަމަވެސް ހޯމް މިނިސްޓްރީން މިއަދުގެ 12:38 ގައި ދެއްވި ޖަވާބުގައި މިނިސްޓްރީން މިކަމުގައި ކަންކޮށްފައިވާ އުޞޫލު ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެއީ ”އިންތިޚާބާބެހޭ ޢާންމު ޤާނޫނު، ޤާނޫނު ނަނަބަރު 2008/11 ގައި މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ޢަމަކު ކުރަންޖެހޭ އުޞުލަށެވެ. އެޤާނޫނު 23 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާގޮތުން ކެނޑިޑޭޓުންގެ ނަންނެގުމުގެ މުއްދަތަކީ އިންތިޚާބު ނަންތައް އިޢުލާނު ކުރުމުގެ ކުރިންނެވެ. “ އިބްރާހީމް ރަމީޒް ވިދާޅުވީ ހޯމް މިނިސްޓްރީން މިކަމުގައި ކަން ކުރިގޮތާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށާއި މި އިންތިޚާބުގައި ބައިވެރިވި އަނެއް ކެނޑިޑޭޓު، މުޙައްމަދު އިޤުނާދު (ފެށުން ނޫސް) ހޮވުނު ކަމަށް ޤާބޫލު ކުރާހިތް އޮތީ ވޯޓުލީމީހުންގެ އަޣްލަބިއްތުން ކަމަށެވެ.
މި ފުރުޞަތުގައި އިޤުނާދަށް އިބްރާހީމް ރަމީޒްގެ ނަމުގައްޔާއި އެޓޯލް ނިއުސްގެ ނަމުގައި މަރްޙަބާ ދަންނަވަމެވެ. އަދި ކުރިއަށް އޮތް ދުވަސް ތަކުގަކާމިޔާބީއާއި ކުރިއެރުން މިންވަރު ކޮށްދެއްވުމަށް އެދި ދުޢާ ކުރަމެވެ.