ފިލްމީ ތަރި ހީނާ ޚާން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިންޑިއާގެ ފިލްމީ ތަރި ހީނާ ޚާން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ސްޓާރ ޕްލަސްއިން ދައްކަމުންދާ ޑްރާމާ ސީރީއަލް “ޔޭ ރިޝްތާ ލިޔާ ކެހެލާތާހޭ” ގައި “އަކްޝަރާ” ގެ ރޯލުން ފެނިގެންދިޔަ މަޝްހޫރު ބަތަލާ ހީނާ ޚާން ކޮވިޑަށް ޕޮޒިޓިވްވި ކަން ހާމަކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގަ އެވެ.

އިޝްތިހާރު Below Header ad

އޭނާ ބުނެފައިވަނީ އޭނާ އަށާއި އާއިލާއަށް މި ހިތްދަތި އުނދަގޫ ވަގުތުގައި އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ޑޮކްޓަރު ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރަމުންދާ ކަމަށެވެ.

“މިވަގުތު އަހަރެން މިހުރީ ހޯމް ކަރަންޓީނުގަ. ފާއިތުވި ދުވަސްތަކުގައި އަހަންނާ ބައްދަލުވި މީހުން ކޮވިޑް ޓެސްޓް ހެދުމަށް އަހަރެން އެދެން.” ހީނާ ބުނެފައި ވެއެވެ.

އެންމެންގެ ދުޢާ ބޭނުންވާ ކަމަށާއި ހުރިހާ ފަރާތްތަކުންވެސް ރައްކައުތެރިވެ ތިބުމަށް ވެސް ހީނާ ވަނީ އެދިފަ އެވެ.

ހީނާ ކޮވިޑަށް ޕޮޒިޓިވް ވެފައި މިވަނީ އޭނާގެ ބައްޕަ މަރުވިތާ އަދި ހަފްތާއެއްވެސް ނުވެ އުޅެނިކޮށެވެ. ހީނާގެ ބައްޕަ އަސްލަމް ޚާން މި އެޕްރީލް މަހުގެ 20 ވަނަ ދުވަހު މަރުވެފައިވާ އިރު، އޭނާގެ ހާލު ބެލައި، ތައުޒިޔާކީ ހުރިހާ ފަރާތްތަކަށް ހީނާ ވަނީ ޝުކުުރު އަދާކޮށްފައެވެ.

ޑްރާމާ އާއި ފިލްމްތަކާއި “ބިގް ބޮސް” ސީޒަން 11 އިން ވެސް ހީނާ ވަނީ ފެނިގެން ގޮސްފަ އެވެ. އަދި މިދިޔަ އަހަރު “ބިގް ބޮސް” ސީޒަން 16 ގައި “ސީނިއަރ” ގެ ގޮތުގައި ވެސް އޭނާ ވަނީ ބައިވެރިވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.