އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 24 ގައި ހުޅުވާލަނީ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 24 ގައި ހުޅުވާލަން ނިންމައިފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދާއިރާތަކުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ 29 މެއި 2021 ވާ ހޮނިހިރު ދުވަހު ކަމަށެވެ. އަދި އިންތިޚާބުގައި ވާދަކުރުމަށް ފުރަންޖެހޭ އެޕްލިކޭޝަން ފޯރމާއި ފޯރމް އާއިއެކު ހުށަހަޅަން ޖެހޭ ތާއީދު ފޯރމް މިހާރު އެޕާޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

މީގެ އިތުރުން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ފޯރމާއި ތާއީދު ފޯމު ބަލައިގަތުމުގެ މުއްދަތު ހަމަވާނީ 08 މެއި 2021 ދުވަހު ކަމަަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އެ ޕާޓީގެ ލީޑަޝިޕްގެ އެހެން ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާއި އެ ޕާޓީން ސަރުކާރު ހިންގާ ނަމަ އެ ސަރުކާރުގައި ހިމެނޭ އެމްޑީޕީގެ ވަޒީރުންނާއި ޕްރޮވިންސްތަކުގެ ސެކްރެޓޭރިއޭޓާއި ދާއިރާތަކުގެ ރައީސުން ހިމެނެ އެވެ.

މީގެ އިތުރުން ޗެއަރޕަރސަންގެ ނައިބުންނާއި އަންހެނުންގެ ރޫހުގެ ރައީސާ އާއި ޒުވާނުންގެ ހިތްވަރުގެ ރައީސާއި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސަކީ ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް މިހާރު އެކުލެވިގެން ވަނީ 147 މެމްބަރުންގެ މައްޗަށް ނަމަވެސް އެ އަދަދު ބަދަލުވުމުގެ ފުރުސަތު އޮވެ އެވެ. އެއީ މަޖިލިސް މެމްބަރަކީ ދާއިރާގެ މެމްބަރަށް ވުން ނުވަތަ މަޖިލިސް މެމްބަރުގެ އިތުރުން ދާއިރާގެ މެމްބަރަކަށް އެހެން ބޭފުޅަކު އިންތިޚާބުކުރާ ފަދަ ހާލަތްތަކުގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.