ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއަށް 7 ދަރަޖައިގެ ކުރިއެރުމެއް

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއަށް އަނެއްކާވެސް 7 ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

މިއާއެކު ރާއްޖެވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ 72 ވަނައަށް އަރާފައެވެ. އަދި މިއީ މި ސަރުކާރުގެ ވެރިކަމާ ޙަވާލުވީފަހުން ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެއަށް ކުރިއެރުން ލިބުނު 3 ވަނަ ފަހަރެވެ.

އިޝްތިހާރު full width ad 1200 x 150

ރިޕޯޓަރސް ވިތްއައުޓް ބޯޑަރސްއިން އެކުލަވާލި މިއަހަރު ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުރިހަމަ ޤައުމުތަކުގެ ލިސްޓުގައި 180 ޤައުމުގެ މައުލޫމާތު ހިމަނާފައިވާއިރު، 2018 ވަނަ އަހަރު ރާއްޖެ އޮތީ މިލިސްޓުގެ 120 ވަނައިގަ އެވެ.

2019ވަނަ އަހަރު ރާއްޖެ އޮތީ މިލިސްޓުގެ 98 ވަނަ ވަނައިގަ އެވެ. އަދި ފައިބެއަހަރު ރާއްޖެ އޮތީ 19 ދަރަޖައިގެ ކުރިއެރުމަކާއެކު 79 ވަނާގަ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހާމަކުރުމާ ގުޅޭގޮތުން ބައިނަލް އަޤްވާމީ ފެންވަރުގައި ވަކާލާތުކުރާ ރިޕޯޓަރސް ވިތްއައުޓް ބޯޑަރސްއިން ފާހަގަކޮށްފައިވާ ގޮތުން 2013ވަނަ އަހަރު ޕްރެސް ފްރީޑަމް އިންޑެކްސްގެ 103ވަނާގައި ރާއްޖެ އޮތުމަށްފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ ފަސްއަހަރުގެ ދައުރުގައި 17 ދަރަޖަ ފަހަތަށްގޮސް، ޕްރެސް ފްރީޑަމް ލިސްޓުގެ 120 ވަނައަށް ރާއްޖެ ވެއްޓިފައިވެއެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 7 ދަރަޖައިގެ ކުރިއެރުމަކާއެކު، 72 ވަނާގައި އޮތްއިރު، މިލިސްޓްގައި އަވައްޓެރި އިންޑިއާ މިއަހަރު އޮތީ 142 ގައެވެ. އަދި ސްރީލަންކާ އޮތީ ނިއުސް ފްރީޑަމް އިންޑެކްސްގައި މިއަހަރު 127 ވަނައިގައެވެ. މިލިސްޓުގެ އެއްވަނާގައި މިއަހަރުވެސް އޮތީ ނޯވޭ އެވެ. ދެވަނާގައި ފިންލޭންޑް އޮތްއިރު ތިންވަނާގައި އޮތީ ސްވިޑަންއެވެ. ލިސްޓުގެ އެންމެ ފުލުގައި އޮތް ގައުމުތަކުގެ ތެރޭގައި ޗައިނާ އަދި ނޯތު ކޮރެއާ ހިމެނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.