ޔޫއެފާ ޔޫރޮޕާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާ ފެނަބާޗޭ ބައްދަލުކުރާނެއެވެ.
ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާ ފެނަބާޗޭ ނިކުންނައިރު މިރޭގެ މެޗުން މޮޅުވާން މެންޗެސްޓާ ޔުނައިޓެޑަށް މުހިންމެވެ.
މިރޭގެ މެޗަށް މި ދެޓީމު ނިކުންނއިރު މިވަގުތު ގުރޫޕް އޭގެ އެއްވަނާގައި އޮތީވެސް ފެނަބާޗޭއެވެ. ފެނަބާޗޭ މި ގުޜޫޕުގެ އެއްވަނާގައި އޮތީ ކުޅުނު ދެމެޗުގެ ތެރެއިން އެއްމެޗުން މޮޅުވެ އަނެއް މެޗުން އެއްވަރުވެ 4 ޕޮއިންޓާއެކުގައެވެ.
މެންޗެސްޓާ އޮތީ މި ގުރޫޕުގެ ތިންވަނާގައެވެ. އެޓީމު މިހާތަނަށް ގުރޫޕު ސްޓޭޖުގެ ދެމެޗު ކުޅުނު އިރު އެއްމެޗުން މޮޅުވެ އަނެއްމެޗުން ވަނީ ބަލިވެފައެވެ. އެހެން ކަމުން މިރޭގެ މެޗުން މެންޗެސްޓާ މޮޅުވެއްޖެނަމަ އެޓީމަށް 6 ޕޮއިންޓް ލިބޭނެއެވެ. އަދި މިރޭގެ މެޗުން ފެނަބާޗޭ ބަލިވެފަ ދެވަނާގައި އޮތް ފޭނޫޑް ބަލިވެއްޖެނަމަ ދެ ޕޮއިންޓްގެ ލީޑަކާއެކީ އެޓީމު ގުރޫޕުގެ އެއްވަނަ މަގާމަށް އަރާނެއެވެ.
މިއާ ޚިލާފަށް މިރޭގެ މެޗުން މެންޗެސްޓާ ބަލިވެއްޖެ ނަމަ އެޓީމަށް ގުރޫޕް ސްޓޭޖު ފަހަނަ އަޅާދިއުމަށް ހުރަސްތަކެއް ކުރިމަތި ވާނެއެވެ.
އެހެން ކަމުން މިރޭގެ މެޗުން މޮޅުވުން އެޓީމަށް މުހިންމެވެ. ދެވަނަ ބުރުިގެ ޖާގައެއް ކަށަވަރުކުރަން ކުރިޔައް އޮތް ކޮންމެ މެޗަކީވެސް މުހިންމު މެޗެކެވެ.
މިރޭގެ މެޗަށް މި ދެޓީމު ނިކުންނައިރު މިދެޓީމު ވަނީ މީގެކުރިން 4 ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ.
މީގެ ކުރިން މި ދެޓީމު ބައްދަލުކޮށްފައިވަނީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައެވެ. މި ދެޓީމުގެ ބައްދަލުވުންތަކަށް ބަލާއިރު ކޮންމެ ޓީމެއްވެސް ވަނީ ދެމެޗުން މޮޅުވެފައެވެ.
އެއީ ކޮންމެ ޓީމެއްވެސް މޮޅުވެފައިވަނީ ހޯމްގެ މެޗަކުންނާއި އަވޭގެ މެޗަކުންނެވެ.
މިރޭގެ މެޗަކީ މި ދެޓީމު ބައްދަލުކުރާ 5 ފަހަ ފަހަރެވެ. އެންމެ ފަހުން މި ދެޓީމު ބައްދަލުކޮށްފައިވަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
ޔުނައިޓެޑަށް ބަލާއިރު މީ މިކަހަލަ ވާދަވެރި މުބާރާތް ތަކުގައި ތުރުކީހެ ޓީމުތަކާ ދެކޮޅަށް ކުޅޭ 14 ވަނަ މެޗެވެ. 14 މެޗުތެރެއިން ޔުނައިޓެޑު 7 މެޗުން މޮޅުވިއިރު 3 މެޗުން އެއްވަރުވެ 4 މެޗުން ވަނީ ބަލިވެފައެވެ.
މިރޭގެ މެޗަކީ ފެނަބާޗޭ އިނގިރޭސި ޓީމުތަކާ ދެކޮޅަށް ކުޅެ 17 ވަނަ މެޗެވެ. މީގެތެރެއިން 10 މެޗުން ބަލިވެފައިވާއިރު އެޓީމު މޮޅުވެފައިވަނީ އެންމެ 4 މެޗުން ނެވެ. އެއްވަރުވެފައިވަނީ 3 މެޗުންނެވެ.
މިރޭގެ މެޗަށް ނިކުންނައިރު ދެޓީމުގައިވެސް ފާހަގަކޮށްލެވޭ މުހިންމު ކުޅުންތެރިން އެބަތިއްބެވެ. އެގޮތުން ފެނަބާޗޭއަށް ބަލާއިރު މީގެ ކުރިން ގިނަ އަހަރުތަކެއް ވަންދެން ޔުނައިޓެޑަށް ކުޅެފައިވާ ތަޖުރިބާކާރު ފޯވާޑް ރޮބެން ވެންޕާސީ ހިމެނެއެވެ.
އަނެއްކޮޅުން މިރޭގެ މެޗަށް ނިކުންނަ މެންޗެސްޓާ ޔުނައިޓަށް ބަލާއިރު އެޓީމުގެ ކޯޗު މޮރީޯނިއޯ ބުނެފައިވަނީ މިރޭގެ މެޗަށް ފެނަބާޗޭއާ ދެކޮޅަށް ނިކުންނަ މެންޗެސްޓާ ތީމުގެ ފުރަތަމަ އެގާރައަށް ބަދަލުތަކެއް އައިދާނެ ކަމަށެވެ.0 އެގޮތުން މި ސީޒަނަށް އެޓީމަށް ގެނައި އާމޭނީއާގެ ކުޅުންތެރިއާ މަޚްތަރަޔަން ވެސް ވަނީ މިރޭގެ މެޗަށް ފިޓްވެފައެވެ.
އަދި މިރޭގެ މެޗުގައި ފުރަތަމަ އެގާރަށް ބަދަލުތަކެއް އަންނާނެ ކަމަށް މޮރީނިއޯ ލަފާކޮށްފައިވާއިރު އޭނާ ބުނެފައިވަނީ މިރޭގެ މެޗަށް ފުރަތަ އެގާރައިން އެއްވެސް ކުޅުންތެރިއަކަށް ޖާގަލިބޭނެ ކަމަށް ވިސްނައިގެން ނުވާނެ ކަމަށެވެ.
މޮރީނިއޯ މިހެން ބުނެފައިމިވަނީ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އޭނާ ހާމަ ކުރި ގޮތުގައި ލީގުގައި އެންމެ ފަހުން ޗެލްސީއާ ދެކޮޅަށް މެންޗެސްޓާ ކުޅުނު މެޗުގައި ހެދި ގޯސްތއކުގެ ސަބަބުން ބޮޑު ލަދެއްގައި ވަނީ ބެެދެން ޖެހިފައެވެ. އަދި އެމެޗުގައި ޔުނައިޓެޑުން ދެއްކި ދައްކުޅުމަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް ވަނީ އަމާޒުވެފައެވެ.
އެގޮތުން އެޓީމަށް އަލަށް މިފަހަރު ގެނައި ފްރާންގެ ޕޮގްބާގެ ފަރާތުން ރަނގަޅކުޅުމެއް ފެންނަން ބޭނުންކަމަށްވެސް މޮރީނިއޯ ވަނީ ބުނެފައެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިއާގެ ގޮތުގައި މިވަގުތު ހުރި ޕޮގްބާގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް އަދި ދެއްކިފައިނުވާއިރު ގިނަ ބަޔަކު ދަނީ އޭނާގެ ކުޅުމަށް ފާޑުކިޔުންތަށް އަމާޒުކުރަމުންނެވެ.
މިރޭގެ މެޗަށް ނިކުންނައިރު ދެޓީމުގެ ލަފާކުރެވޭ ލައިންއަޕައް ބަލާލާއިރު :
މެންޗެސްޓާ ޔުނައިޓެޑު
ފެބަނާޗޭ އަށް ބަލާއިރު :
މިރޭގެ މެޗު ފަށާނީ ރާއްޖޭގަޑިން ދަންވަރު 12:05 ގައެވެ.