އެމްޑީޕީގެ އެތެރޭގެ އިންތިޚާބު މެއި މަހު ބާއްވަނީ

މޯލްޑިވިއަން ޑެމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިޚާބު މެއި މަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އަދި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީން ބުނީ އެތެރޭގެ އިންތިޚާބު ބޭއްވުމަށް މިހާރު ނިންމާފައިވަނީ މެއި މަހުގެ 29 ވަނަ ދުވަހު ކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

އެމްޑީޕީން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ދާއިރާތަކުގެ ހިންގާކޮމިޓީތަކާއި ޕްރޮވިންސްތަކުގެ އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ދާއިރާތަކުގައި ހިމެނޭ މިޕާޓީގެ އާންމު މެންބަރުން ކަމަށެވެ.

އެގޮތުން މިއިންތިޚާބުގައި ވޯޓުލެވޭނީ 18 އޭޕްރީލް 2021 (އާދީއްތަ) ދުވަހާ ހަމައަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި މިއަދުގެ 14:00 އިން ފެށިގެން 29 މެއި 2021 ގެ ނިޔަލަށް ޕާޓީން މެމްބަރޝިޕް ފޯމު ބަލައިގަތުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

ޕާޓީގެ އެކި ދާއިރާތަކަށް ވާދަކުރާ މެންބަރުންނަށް އަދި ފުރުޞަތު ހުޅުވާލާފައެއް ނުވެ އެވެ. އެކަމަކު ސޯޝަލް މީޑިއާގައި އެކި ފަރާތަތްކުންދަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އެކި ދާއިރާތަކަށް ކުރިމަތިލުމަށް ނިންމާފައިވާކަން އިއުލާންކުރަމުން ނެވެ.

އެމްޑީޕީން އެންމެ ފަހުން އިންތިޚާބުކޮށްފައިވާ ޤައުމީ މަޖިލީހުގައި 140އަށްވުރެ ގިނަ މެންބަރުން ހިމެނެއެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހަކީ ޕާޓީގެ އެންމެ މުހިންމު ނިންމުންތައް ނިންމުމުގައި މަޝްވަރާ ކުރާ މަޖިލީހެވެ.

އެންމެފަހުން އެމްޑީޕީއިން އެ ޕާޓީގެ ގައުމީ މަޖިލީހަށް މެމްބަރުން އިންތިޚާބުކޮށްފައިވަނީ 2016 ވަނަ އަހަރުގެ މާރޗު މަހުގެ 11 ވަނަ ދުވަހުއެވެ. އެ ޕާޓީގެ ގައުމީ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށްވާއިރު، މިފަހަރުގެ އިންތިޚާބު ވަނީ މީގެކުރިން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ފަސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.