މިއީ މެންޑަރިންގެ މޫސުމް

މެންޑަރިނަކީ ނާރިނގު ޢާއިލާގެ މޭވާ އެކެވެ. އޮރެންޖަށް ވުރެ ސައިޒުން ކުޑަ މިމޭވާ އެ ހުރިގޮތަށް ކައިއުޅޭއިރު ބައެއްމީހުން ސަޓަނި ތައްޔާރު ކުރުމުގައިވެސް މެންޑަރިން ބޭނުން ކުރެއެވެ.

ހުތްފޮނި ރަހައެއްލާ މި މޭވާ ރަނގަޅަށް ދޮންވެފައި އޮންނައިރު، އޭގައި ކުޑަ ބަރުކަމެއް ހުންނާނެއެވެ. އަދި އޭގެ ތޮށިގަނޑު އޮންނާނީ ކޮންމެސް ވަރަކަށް ދޫކޮށެވެ. އެހެންކަމުން މެންޑަރިނަކީ ތޮށި ނޮޅައި، ފިތްފިތް ވަކިކޮށްލަން ވަރަށް ފަސޭހަ އެއްޗެކެވެ.

އިޝްތިހާރު Below Header ad

Mandaring 2

ޖެނެޓިކް ސްޑަޓީސް ނުވަތަ ނަޞްލީ ދިރާސާތަކުން ދައްކާގޮތުން، އޮރެންޖު، ލުނބޯ، ފޮނިލުނބޯ، ނާރިނގު ފަދަ މޭވާގެ އަޞްލަކީ މެނެންޑަރިން ކަމުގައިވެސް ވެދާނެއެވެ.

މިއީ މެންޑަރިންގެ މޫސުމެވެ. މެންޑަރިންގެ މޫސުމް ފެށެނީ ފިނިމޫސުމާ އެކުއެވެ. ފުރަތަމަ އަންނަ މޭވާ ތަންކޮޅެއް ހުތްވާނެއެވެ. ދުވަސްކޮޅެއްފަހުން މީގެ ހުތްކަން ކެނޑެމުންގޮން މަޑުހުތް ކަމަކާއިއެކު މީރު ފޮނިރަހައެއްހުރެއެވެ. އެއީ ވަރަށް މީރު ހިތްގައިމު ރަހައެކެވެ. މެންޑަރިންގެ މޫސުން ނިމެނީ ބަރާހު މޫސުމުގެ ފެށުމާއެކުއެކީގައެވެ.

މެންޑަރިނަކީ އޭގައި ގިނަ ޢަދަދަކަށް ވިޓަމިން-ސީ އެކުލެވޭ މޭވާއެކެވެ. އަދި ހަމައެހެންމެ ވިޓަމިން-އޭ ވެސް ލިބޭ މި މޭވާ އަކީ ހޫނު ފިނިމޫސުމުގައި ވަރަށް މުޙިއްމު ފައިދާއެއް އިންސާނުންނަށް ލިބިދޭ އެއްޗެކެވެ. އޭގައި%85 ފެން ހުންނާތީ ފިނީގެސަބަބުން ހަށިގަނޑުން ފެންދެމި ހަންގަނޑު ހިކޭމައްސަލައަށް ހައްލެއް ލިއްބައިދެއެވެ.

ކަށި ވަރުގަދަ ވުމާއި، ހަންގަނޑު އޮމާން ކޮށްދިނުމާއި، ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްކޮށްދީ، ކޮލޮސްޓްރޯލްވެސް ދަށްކޮށްދިނުންމީ، ކެންސަރު ބައްޔަށްވެސް ފަރުވާއަކަށް ވެފައިއޮންނަ މިމޭވާއިން ލިބިދޭ ފައިދާތަކެވެ. އަދި މީގެ އިތުރުން ހަށިގަނޑުގެ ބަރުދަން ލުއިކުރުމުގައި މެންޑަރިންގެ ބޭނުން ހިފިދާނެއެވެ. މެންޑަރިން ކެއުމުން ބަނޑުހައި ވުމުގެ އިހުސާސް ދުރުކޮށްދެއެވެ.

Mandaring 3

މެންޑަރިނަކީ ފަސޭހައިން ހެއްދޭ ގިނައިން މޭވާ އަޅާ އެއްޗެކެވެ. ބިންގަނޑުގައި ނޫނަސް މެންޑަރިން ހެއްދިދާނެއެވެ. ރަނގަޅު ކާނާ އާއިއެކު، ގަސްބަލަހަށްޓާ ފެންދީ ހަދާނަމަ ގޭގެ ބެލްކަނީގައި ޕޮޓެއްގައިވެސް މެންޑަރިން ހެއްދިދާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.