
މެމްބަރުން ޖަވާބުދާރީ ނުކުރެވޭނެ ކަމަށް ހީވުމަކީ ވަރަށް ބޮޑު ގޯހެއް – ރައީސް ޔާމީން
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަވާބުދާރީ ނުކުރެވޭނެ ކަމަށް ހީވާ ހީވުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ޕީ.އެން.އެފްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ދިމިގްރާތީ ވެރިކަންތަކުގައި ރައްޔިތުންނާ ހަމައިން ވެރިކަން ފެށިގެންދާއިރު، ވެރިކަން ނިމެނީވެސް ރައްޔިތުންނާ ހަަމައިން ކަމަށެވެ
މީގެއިތުރުން ރައީސް ޔާމީން ވިދާޅުވި ޤާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަ ގޮތުގައި ވެރިޔަކަށް ހުންނަމީހަކު، ވެރިކަން ކުރުމުގައި ރައްޔިތުންގެ ބަސް ހިމަނަން ޖެހޭނެ ކަމަށެވެ. ޚާއްޞަކޮށް ޤައުމުގެ މަސްލަހަތާއި މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާނެ ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދަން ޖެހޭނެ ކަމަށެވެ.
ރައީސް ޔާމީން ވަނީ ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ތެރޭގައި ތިބި ޕީ.އެން.ސީ މެމްބަރުން ކަންކުރަމުން ގެންދަވާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ތިމަންނާމެން ޖަވާބުދާރީ ނުކުރެވޭނެ ކަމަށް ހީވާ ހީވުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާ އެމީހުންވެސް ޖަވާބުދާރީ ކުރުވޭނެ ދުވަހެއް އަންނާނެ ކަމަށެވެ.
ދިވެހި ރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ވަރުގަދަ ބިނާކުރަބިވި ޢުމްރާނީ ތަރައްޤީއެއް ގެނެސްދެއްވި ރައީސް ޔާމީން ގޮވާލެއްވީ ރަސްމާލެ މައްސަލައިގައި ރިފަރަންޑަމަކަށް ދިއުމަށެވެ.



