السلام عليك އޭބުނެ ސަލާމް ގޮވިދާނެތަ؟

ސުވާލު: އެކަކު އަނެކަކަށް ސަލާމް ގޮވާއިރު السلام عليك އޭބުނެ ސަލާމް ގޮވިދާނެތޯއެވެ؟ ނޫނީ ހަމައެކަނި ކިޔޭނީ السلام عليكم ތޯއެވެ؟

ޖަވާބު: الحمد لله، والصلاة و السلام على رسول الله.

އިޝްތިހާރު Below Header ad

ސަލާމުގޮވަނީ އެކަކަށް ކަމަށްވާނަމަ السلام عليك އޭބުނެ ސަލާމް ގޮވިދާނެއެވެ. އެއީ ހުއްދަ ގޮތެކެވެ.

މިސުވާލުވަނީ ފަހުގެ ޢިލްމުވެރިއެއް ކަމަށްވާ فضيلة الشيخ عبد العزيز بن باز – رحمه الله – އާއި ކުރެވުނެވެ. އަދި އެކަލޭގެފާނު ޖަވާބުދެއްވީ އަންނަނިވި ފަދައިންނެވެ.

يجوز هذا وهذا، السلام عليك، والسلام عليكم، إذا كان واحدًا السلام عليك، والغالب أن النبي ﷺ كان يقول: السلام عليكم؛ فالأفضل الجمع. މާނައީ:- “މި ދެގޮތް ވެސް ހުއްދަ އެވެ. السلام عليك، ނުވަތަ والسلام عليكم، އެންމެ މީހަކަށް ސަލާމް ގޮވާނަމަ السلام عليك، އާއްމު ގޮތެއްގައި ނަބިއްޔާ ﷺ ވިދާޅުވާ ކާމުގައިވަނާ السلام عليكمއެވެ. ފަހެ، ޖަމްޢުގެ ޞީޣާ މޮޅުއިތުރެވެ.” (އެބަހީ: ގިނަމީހުންނަށް މުޚާޠަބު ކުރާގޮތް “السلام عليكم” މާ ރަނގަޅެވެ.)

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.