ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ބާސެލޯނާ އާއި ދެކޮޅަށް މެންޗެސްޓާ ސިޓީ ނިކުންނައިރު ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ ހުއްޓުވިދާނެތޯ ގިނަ ބަޔަކު ދަނީ ސުވާލުކުރަމުންނެވެ.
ގިނަބަޔަކު ބުނަމުންގެންދަނީ މިރޭ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ބާސެލޯގެ ފޯވާޑް މެސީ އަކީ އެޓީމަށް ހުރި ބޮޑު ބުރެއްކަމަށާއި މެސީ ހުއްޓުވޭނެހާ ފެންވަރު ސިޓީގެ ކިބައިގަ ނެއްކަމަށެވެ.
މެސީއަކީ ހަލުވި އިދިކޮޅު ޓީމުތަކުގެ ޑިފެންސް ޖެހިލުންވެ ބިރުގަންނަ ފަދަ ނުރައްކާތެރި ކުޅުންތެރިއެއްކަމުގައި ގިނަބަޔަކު ދެކެއެވެ.
މިރޭގެ މެޗާ ބެހޭގޮތުން ވާހަކަދައްކަމުން ސިނީޓީގެ ކޯޗު އަދި ބާސެލޯގެ މެސީ ގެ އެ ނުރައްކާތެރިކަން އޭނަގެ ކިބައިގައި އަށެގެންނެވި އަސްލު ކަމގައިވާ ޕެޕް ގާޑިއޯލާ ވެސް ބުނަނީ މެސީ ހުއްޓުވަން އުނދަގުވާނެ ކަމަށާއި މެންޗެސްޓަރ ސިޓީގެ ކުޅުންތެރިންނަށް އެކަމަށް ދޭނެ އިރުޝާދެއް ނޭނގޭ ކަމަށެވެ.
މިރޭގެ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ގާޑިޔޯލާ ބުނީ މެސީއަށް މި މެޗުގައި ކުޅެވޭތީ އެކަމާ އުފާކުރާ ކަމަށާއި މެސީ ކުޅޭތަން ފެނުމަކީ ލިބޭ އުފަލެއް ކަމަށެވެ.
މެސީއަކީ ހުނަރުން ފުރިގެންވާ މޮޅު ނުރައްކާތެރި ކުޅުންތެރިއެއްކަމަށާއި އޭނާ ހުއްޓުވުމަށް ކުޅުންތެރިންނަށް ދޭނެ އިރުޝާދެއް ބުނަންވެސް ނޭނގޭކަމަށެވެ. މެސީ ކަހަލަ ކުޅުންތެރިއަކާ ކުރިމަތި ލާއިރު 90 މިނެޓަކީ އެއީ ވަރަށް ގިނަ ވަގުތު ކަމަށާއި ކޮންމެ ފަދަ ގޮތެއްވެސް ވެދާނެކަމަށް ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ ބާސާގައި ތިބި ފޯވާޑުންނަކީ މޮޅެތި އެއްވަރުގެ ހުނަރުން ފުރިގެންވާ ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިންނަށް ގޯލްޖަހަން މާގިނަ ފުރުސަތުތަކެއް ބޭނުންނުވާނޭކަމަށެވެ. އޭގެން ކޮންމެ ކުޅުންތެރިއަކަށް ކުރިން ލިބޭ ބޯޅަ އަކީ ގޯލެއްކަމަށް ނިންމުމަކީވެސް ވެދާނެކަމެއް ކަމަށް ގާޑިއޯލާ ބުންޏެވެ.
އަދި ސިޓީން މިރޭ ނިކުންނަނީ ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ހުނަރުވެރި ކުޅުންތެރިންތިބި މޮޅު ޓީމާއި ދެކޮޅަށް ކަމަށާއި މިއީ ސިޓީގެ ފެންވަރު މިނެކިރާލަން އޮތް ފުރުސަތެއްކަމަށް ގާޑިޔޯލާ ބުންޏެވެ.
ދުވަސްތަކަކަށް ކުޅުމާއި ދުރުގައި ހުރުމަށްފަހު، މެސީ ވަނީ މިދިޔަ ހަފްތާގައި އަލުން އެނބުރި ކުޅުމުގެ ތެރެއަށް އައިސްފައެވެ. އަނިޔާއިން ރަނގަޅުވެ، ކުޅުނު ފުރަތަމަ މެޗުގައި ވެސް މެސީ ވަނީ ލަނޑު ޖަހާފައެވެ.