”ކެޕޭސިޓީ ބިލްޑިންގ ފޯ ސޯޝަލް ވޯކަރސް“ ޕްރޮގްރާމްގެ 5ވަނަ ބުރު ފަށައިފި

ިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި މިނިސްޓްރީގެ ދަށުން ހިންގާ މަރުކަޒުތަކާއި ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރު (އެފް.ސީ.އެސް.ސީ)ތަކުގައްޔާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)ގައި މަސައްކަތްކުރާ ސޯޝަލް ވަރކަރުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ޓަކައި މިނިސްޓްރީއާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ”ކެޕޭސިޓީ ބިލްޑިންގ ފޮރ ސޯޝަލް ވަރކަރސް“ ޕްރޮގްރާމްގެ ފަސް ވަނަ ބުރު މިއަދު ފަށައިފިއެވެ. މި ޓްރޭނިންގ ކުރިއަށް ދާނީ މި މަހުގެ 22ން 26ށް ސައިރިކްސް ކޮލެޖުގައެވެ.
މި ޕްރޮގްރާމް އިފުތިތާހުކުރުމުގެ ގޮތުން މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވީ ސޯޝަލް ވަރކަރުންނަކީ ޢާންމު ދިރިއުޅުމާ ގުޅިފައިވާ ބައެއް ކަމަށާއި، އެ ފަރާތްތަކުން ޢާއިލާތަކަށާއި މުޖުތަމަޢުއަށް ފޯރުކޮށްދެމުން ގެންދަނީ އަގު ނުކުރެވޭ ފަދަ ބޮޑު ޚިދުމަތެއް ކަމަށެވެ. އަދި ސޯޝަލް ވަރކަރުން ނެތި ޤައުމު ކުރިއަރައިގެން ނުދާނެ ކަމަށް އެ ކަމާނާ ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖޭގައި މަސައްކަތްކުރާ ސޯޝަލް ވަރކަރުންނަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަން ފާހަގަކުރައްވައި، އެ ކަންކަން ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޔުނިސެފްގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް މުނީރު ސަފީލްދީންއާއި އެފްޕީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ
އާމިނަތު ލީނާ ޢަލީއާއި މިނިސްޓްރީގެ އިސް ވެރިންނާއި ޕްރޮގްރާމްގެ ފެސިލިޓޭޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖުމުލަ 22 ސޯޝަލް ވަރކަރުންނާއެކު ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޓްރޭނިންގ ޕްރޮގްރާމްގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުންނާއި މަދަނީ ޖަމުޢިއްޔާތަކުން ސެޝަންތައް ނަންގަވައިދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.