ބީއެމްއެލްއާއި އެސްޓީއޯގެ 35 މުވައްޒަފަކަށް ޑިސްއެބިލިޓީ ސެންސިޓައިޒޭޝަން ޕްރޮގްރާމް ހިންގައިފި

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ކުރިއަށް ގެންދާ ޑިސްއެބިލިޓީ ސެންސިޓައިޒޭޝަން ޕްރޮގްރާމް ބޭންކް އޮފް މޯލްޑިވްސް ޕލކ. (ބީއެމްއެލް)އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ 35 މުވައްޒަފަކަށް ހިންގައިފިއެވެ.
މިޕްރޮގްރާމްގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމަހަމަ ފުރުޞަތުތައް ތަނަވަސްކޮށްދީ، ވަޒީފާގެ މާޙައުލަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ރަޙުމަތްތެރި ތަންތަނުގެ ގޮތުގައި ހެދުމެވެ.

ޑިސްއެބިލިޓީ ސެންސިޓައިޒޭޝަން ޕްރޮގްރާމް އެސްޓީއޯގައި މިއަދު ހިންގިފައިވާ އިރު، މި ޕްރޮގްރާމްގައި 11 އަންހެން މުވައްޒަފަކާއި 9 ފިރިހެން މުވައްޒަފަކާއެކު ޖުމުލަ 20 މުވައްޒަފުން ބައިވެރިވެފައިވެއެވެ. އަދި ބީއެމްއެލްގައި އިއްޔެ ހިންގުނު ޕްރޮގްރާމްގައި 8 އަންހެނުން މުވައްޒަފަކާއި 7 ފިރިހެން މުވައްޒަފަކާއެކު، ޖުމުލަ 15 މުވައްޒަފުން ބައިވެރިވެފައިވެއެވެ.
Image06
ޑިސްއެބިލިޓީ ސެންސިޓައިޒޭޝަން ޕްރޮގްރާމްގައި މަޢުލޫމާތު ދެވޭ ބައިތަކުގެ ތެރޭގައި އެކި ބާވަތުގެ ނުކުޅެދުންތެރިކަމާއި، ނުކުޅެދުންތެރިކަމާއެކު ވެސް އެ ފަރާތްތަކަށް ކުރެވިދާނެ މަސައްކަތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މާޙައުލުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ކަންކަން ޙައްލުކުރުމުގައި މެނޭޖްމަންޓަށް އަދާކުރެވިދާނެ ދައުރު ހިމެނެއެވެ.
މީގެ އިތުރުން، މި މަހުގެ 9ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ 5 މުވައްޒަފަކަށް އަދި މި މަހުގެ 10ގައި މޯލްޑިވްސް ޕޯސްޓްގެ 25 މުވައްޒަފަކަށް ޑިސްއެބިލިޓީ ސެންސިޓައިޒޭޝަން ޕްރޮގްރާމް ހިންގިފައިވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.