މުސްލިމް ރެފިއުޖީ ކުއްޖަކު ލިޔުނު ފޮތަކަށް ގިނަ އެވޯރޑް ތަކެއް

ޢިރާޤާއި ސީރިޔާގެ ހަނގުރާމައިގެ ތެރެއިން ނިކުމެ ކެނެޑާގައި ރެފިއުޖީއެއްގެ ގޮތުގައި ދިރިއުޅޭ ކުއްޖަކު އޭނާގެ އަމިއްލަ ތަޖުރިބާއަށް ބިނާކޮށް ލިޔުނު ފޮތަކަށް 2019 ވަނަ އަހަރުގެ އަލްބާރޓާ ބުކް ޕަބްލިޝިންގ އެވާރޑް (Alberta Book Publishing Award 2019) ލިބިއްޖެއެވެ.

15 އަހަރުގެ އަބޫ ބަކްރު އައްރަބީޢާ އޭނާގެ ޓީޗަރު “ވީނިއަ ޔެއުންގ” އާއެކު ލިޔުނު ފޮތް “ހޯމްސް” (Homes) ގައި ލިޔެފައިވަނީ ހަނގުރާމައިގެ ތެރޭގައި އޭނާގެ ޅަފަތުގެ ޙަޔާތް ހޭދަވެފައިވާގޮތުގެ ވާހަކަތަކެވެ. އިރާޤުގައި އުޅުނުއިރު މިސްކިތްތަކާއި، ސްކޫލްތަކަށް ދެވުނު ޙަމަލާތަކެވެ. ކާރުތަކުގައްޔާއި އެނޫން ގޮތްގޮތަށް ގޮއްވާލެވުނު ބޮންތަކެވެ. އެ ބިރުވެރި ޙާލަތުގައިވެސް ގޭތެރެއިން ލިބުނު ހިއްވަރާއި، ރައްކާތެރިކަމުގެ ވާހަކަތަކެވެ. ސީރިޔާގައި ހޭދަވި ދުވަސްވަރުުގެ ބިރުވެރި ކަމާ އަނިޔާވެރިކަމުގެ ތެރޭގައިވެސް އޭނާގެ ގުޅުން ބަދަހި ޢާއިލާއިންދިން ލޯތްބާއި، އަޅާލުމާއި، އޯގާތެރިކަމުގެ ވާހަކައެވެ.

އިޝްތިހާރު Below Header ad

ޢާއިލާއާއެކު 2014 ވަނަ އަހަރުން ފެށިގެން ކެނެޑާގެ އެޑްމޮންޓޮނުގައި ދިރިއުޅެމުން އަންނަ އަބޫ ބަކްރު މިފޮތް ފުރަތަމަ އަމިއްލަ ޝާއިޢު ކުރުމެއްގެ ގޮތުގައި ޝާއިޢުކޮށްފައިވަނީ 2016ވަނަ އަހަރުއެވެ. އަދި އޭގެފަހުން 2018 ވަނައަހަރު “ފްރީހޭންޑް ބުކްސް”އިން މިފޮތްވަނީ ވިޔަފާރީގެ ގޮތުގައި ޝާއިޢުކޮށްފައެވެ.

“އަޅުގަނޑު އެންމެ ފުރަތަމަ އެޑްމޮންޓޮނަށް (ރެފިއުޖީއެއްގެ ގޮތުގައި) އައި އިރު އަޅުގަނޑު މިރަށުގެ އެކަކުވެސް ނުދަންނަން. އަދި އަޅުގަނޑުމިއީ ކޮންތާކުން އައި ކާކުކަން އެމީހުންނަކަށްވެސްް ނޭނގެ. މީހުންގާތު އަޅުގަނޑު މީ އަސްލު ޢިރާޤް ކުއްޖެކޭ ފަހުން ސީރިޔާއަށް ބަދަލުވީއޭ ބުނުމުން އެމީހުން އަހަނީ، ޢިރާޤް އޮންނަނީ ކޮންތާކުހޭ؟ ނުވަތަ ސީރިޔާ އޮންނަނީ ކޮންތާކުހޭ؟ އެތާނގަ ވަނީ ކޮންކަމެއްހޭ؟ ގިނަމީހުންނަކަށް ނޭނގޭ އަސްލު އަޅުގަނޑު (ރެފިއުޖީއެއްގެ ގޮތުގަ) މިރަށަށް އަންނަން ޖެހުނު ސަބަބެއް. އެއީ އަސްލު މި ފޮތްލިޔުމަށް އަޅުގަނޑު ބޭނުންވި ސަބަބަކީ” ސީބީސީއަށް އަބޫ ބަކުރު ކިޔައިދިނެވެ.

އަބޫ ބަކުރުގެ ފޮތް “ހޯމްސް” ވަނީ “ގަވަރނާރސް ޖެނެރަލް އެވޯރޑްގެ ތެރެއިން އިންގްލިޝް ލެނގުއެޖް ނޮން ފިކްޝަން އެވޯރޑަށް 2018ގައި ހިމެނިފައެވެ. އަދި މީގެ އިތުރުން 2019ގެ އެޑިޝަން އޮފް ކެނެޑަރ ރީޑްސް އަށް މިފޮތް ހޮވިފައިވާއިރު، ސިޔާސީ ލިޔުން ތަކަށްދޭ ޝައުގނެސީ ކޮހެން އިނާމު 2019 ލިބުނީ ވެސް މިފޮތަށެވެ. އެންމެ ފާހަގަކޮށްލެވެނީ 2019ވަނަ އަހަރުގެ އަލްބާރޓާ ބުކް ޕަބްލިޝިންގ އެވާރޑެވެ.

ދުނިޔޭގެ ތާރީޚުގައިވެސް މުސްލިމުންނަކީ ޢިލްމީގޮތުން ވަރަށްބޮޑަށް ފާހަގަ ކޮށްލެވޭބައެކެވެ. ޚާއްޞަގޮތެއްގައި މިޒަމާނުގެ އެކިއެކި ޓެކްނޮލޮޖީތައް ހޯދުމާއި އުފެއްދުމުގައި މުސްލިމުން ހޯދާފައިވާ ޢިލްމުތަކުގެ ބޭނުން ހިފާކަން ފާހަގަކޮއްލަން ޖެހެއެވެ.

އަބޫ ބަކްރު އައްރަބީޢާ އަށް ތަޤުވާވެރިކަން ދެއްވާންދޭވެ! އަދި ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ ދެއްވާންދޭވެ! ހުރިހާ މުސްލިމުންނަށް އަމާންކަން ދެއްވާންދޭވެ!

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.