އަންހެން ވިޔަފާރިވެރިން އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވާ: މިނިސްޓަރ ޝިދާތާ

ވިޔަފާރީގެ ފަހި ފުރުޞަތުތައް ތަނަވަސްކޮށްދީގެން އަންހެނުންގެ އިޤުތިޞާދީ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މަދްޔަ ޕްރަދޭޝްގެ ސިޓީއެއް ކަމުގައިވާ ޖަބަލްޕޫރްގައި މަދްޔަ ޕްރަދޭޝް އެސޯސިއޭޝަން އޮފް ވިމެން އޮންޓަރޕްރިނިއާސް (އެމް.އޭ.ވީ.އީ)އިން ސެޕްޓެމްބަރު މަހުގެ 6ން 7ށް ކުރިއަށް ގެންދާ ސަސްޓެއިނަބަލް ގްރޯތު އޮފް ވިމެން އޮންޓަރޕްރިނިއަރސް އެންޑް އެކްސްޕޯޓް ޕްރޮމޯޝަން (ސްވީޕް) 2019 އިވެންޓުގެ އިފުތިތާހީ ޖަލްސާގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ދިވެހިރާއްޖޭގެ އިޤުތިޞާދުގައި އެންމެ މުހިންމު ދެ ޞިނާޢަތަކީ ފަތުރުވެރިކަމާއި މަސްވެރިކަން ކަމަށާއި، ސަރުކާރުން މަސައްކަތްކުރަމުން ދަނީ މި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވައި، އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ކަމަށެވެ.
އިޤުތިޞާދާ ގުޅުން ހުރި ސިޔާސަތުތައް އެކުލަވައިލުމުގައްޔާއި ތަންފީޛުކުރުމުގެ މަރުޙަލާގައި އަންހެނުންގެ ދައުރު މުހިންމު ކަމަށް ވިދާޅުވެ، ވިޔަފާރިއާއި އިޤުތިޞާދީ ކަންކަމާ ގުޅުން ހުރި ވުޒާރާގެ ސިޔާސަތުތައް ކަނޑައަޅާ އެންމެ އިސް މަޤާމުތަކުގައި އަންހެނުން ތިއްބެވި ކަން މިނިސްޓަރ ޝިދާތާ ފާހަގަކުރެއްވިއެވެ.
ހަމަ
އެހެންމެ، އަންހެން ވިޔަފާރިވެރިން އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވާ ކަމަށާއި، ވަކިން ޚާއްޞަ ގޮތެއްގައި ރަށްފުށުގައި ދިރިއުޅޭ އަންހެނުންނަށް ލުއި ލޯނާއި މޯބައިލް ބޭންކިންގގެ ޚިދުމަތް ލިބޭނެ މަގު ފަހި ކޮށްދިނުން ހިމެނޭ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އަދި މި ކަމުގައި މިނިސްޓްރީން އަދާކުރަމުން ގެންދާ ދައުރު އެ ކަމަނާ ބަޔާންކޮށްދެއްވައި، އަންހެނުން އިޤުތިޞާދީ ގޮތުން ބާރުވެރިކުރުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ ޖެންޑަރ އިކުއަލިޓީ ޕޮލިސީއާއި ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ވުޖޫދަށް އައުމުގެ މަރުޙަލާގައި އޮތް ކަން މިނިސްޓަރ ޝިދާތާ ފާހަގަކުރެއްވިއެވެ. އެ ކަމުގެ ސަބަބުން ޤައުމުގެ އިޤުތިޞާދީ ތަރައްޤީގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުޞަތެއް ފަހިވެ، އިޤުތިޞާދީ ބައިވެރިވުމުގައްޔާއި ބާރުވެރިކަމުގައި އަންހެނުންނާއި ފިރިހެނުންނަށް އެއް ހަމައެއްގައި ފައިދާކުރާނެ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.
ސްވީޕް 2019 އިވެންޓުގައި ދިވެހިރާއްޖޭގެ 21 މެންބަރުން ހިމެނޭ އަންހެނުންގެ ވަފުދެއް ތަމްސީލުކުރާ އިރު، މި ވަފުދުގެ އެންމެ އިސް ފަރާތަކީ މިނިސްޓަރ ޝިދާތާއެވެ. މީގެ އިތުރުން އިންޓަރނޭޝަނަލް އެމްއޭވީއީ އެޗީވްމަންޓް އެވޯޑުގައި ވެސް އެ ކަމަނާ ބައިވެރިވެވަޑައިގެންފައިވެއެވެ.
މި އިވެންޓުގެ އިތުރުން އޮގަސްޓު މަހުގެ 30ން ސެޕްޓެންބަރު މަހުގެ 8ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ ޝިދާތާ އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އޯގަސްޓު މަހުގެ 31ން ސެޕްޓެންބަރު މަހުގެ 3ގެ ނިޔަލަށް ނިއު ދިއްލީގައި ކުރިއަށް ދިޔަ ސައުތު އޭޝިއާ ވިމެންސް ނެޓްވޯކް (ސްވޯން)ގެ 10ވަނަ ކޮންފަރެންސްގައި ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.