ލ. އަތޮޅުގެ ކޮމިއުނިޓީ ސޯޝަލް ގްރޫޕްތަކަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

ލ.އަތޮޅުގެ ކޮމިއުނިޓީ ސޯޝަލް ގުރޫޕް (ސީ.އެސް.ޖީ)ތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެން ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.

މި މަހުގެ 24ން 26ށް ލ.އަތޮޅު ގަމުގައި އިންތިޒާމުކުރެވުނު މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ލ.އަތޮޅުގައި ގާއިމުކުރެވުނު ސީ.އެސް.ޖީތަކުގެ ދައުރާއި ޒިންމާތަކަށް ކޮމިޓީގައި ތިއްބަވާ މެންބަރުން އަހުލުވެރިކުރުވުމާއި، އިޖުތިމާޢީ މައްސަލަތަކާއި ނާޒުކު ޙާލަތުތަކުގައި ދިރިއުޅޭ ފަރާތްތަކާ ގުޅޭ ގޮތުން ފާހަގަކުރެވޭ މައްސަލަތަކާ މެދު ހޭލުންތެރިކުރުވުމާއި، އެ ފަދަ ފަރާތްތަކުގެ ދިރިއުޅުން ރަނގަޅުކުރުމަށް މަސައްކަތް ކުރާނެ ގޮތްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން، އެ ފަރާތްތަކަށް ދޭން ޖެހޭ ރައްކައުތެރިކަން ދިނުމުގައި ހުރިހައި މުޢައްސަސާތައް އެކުގައި މަސައްކަތް ކުރެވޭނެ މާޙައުލެއް ގާއިމުކުރުމެވެ.

މި ޕްރޮގްރާމްގައި ކަޅައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، ފޮނަދޫ، ކުނަހަންދޫ އަދި މާވަށުގެ ސީ.އެސް.ޖީތަކުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ބައިވެރިވެފައިވެއެވެ.

ސީ.އެސް.ޖީއެއްގައި ހިމެނެނީ ސޯޝަލް ވަރކަރުންގެ އިތުރުން ކޮންމެ ރަށެއްގެ ރަށު ކައުންސިލާއި، ހޮސްޕިޓަލް ނުވަތަ ޞިއްޙީ މަރުކަޒާއި، ސްކޫލާއި، ފުލުހުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ތަމްސީލުކުރާ ފަރާތެކެވެ.

ރަށު ފެންވަރުގައި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާ އެކު މަސައްކަތް ކުރުމަށްޓަކައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި މީހާރު ވަނީ ސީ.އެސް.ޖީތައް ގާއިމުކުރެވިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.