ގިނައިން ކޮފީބޯމީހުން ލޭގެ ސަބަބުންޖެހޭ ބަލިތަކުން ރައްކާތެރިކޮށްދޭ: ދިރާސާ

ދުވާލަކު 8 ތަށި ނުވަތަ އެއަށްވުރެ ގިނައިން ކޮފީބޯމީހުންގެ  ލޭގެ ސަބަބުން ޖެހޭ ބަލި ތަކުން ރައްކާތެރި ކޮށްދޭކަމަށް ދިރާސައަކުން ދައްކައިފިއެވެ.

ނިއުޓީލައިފް.ކޮމްގައި ބުނެފައިވަނީ ދުވާލަކު 8 ތަށި ނުވަތަ އެއަށްވުރެ ގިނައިން ކޮފީ ބޯމީހުންގެ ހަޖަމުގެ މައްސަލަތަކާ ޑިޕްރެޝަން އިން ސަލާމަތް ކޮށްދެއެވެ. އަދި ލިވަރ އާއި ކެންސަރާއި ދިފާޢީ ނިޒާމު ރަނގަޅުވެ، ޢުމުރު ކުރުވުމުގެ ރިސްކުވެސް ކުޑަކޮށްދޭ ކަމަށެވެ.

އިޝްތިހާރު Below Header ad

އެހެންނަމަވެސް މާބަނޑު އަންހެނުންނަށް މިއީ އެހާފައިދާކުރާނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މާބަނޑު އަންހެނުން ފިޔަވާ، އެހެން މީހުން ކިތަންމެ ގިނައިން ކޮފީ ބުއިކަމަށް ވިޔަސް އެއީ މައްސަލަ އެއް ނޫންކަމަށް އެދިރާސާއިން ދައްކާފައިވާ އިރު، ޢާންމުކޮށް ކޮފީ ބޯ މީހުންގެ ޢުމުރު ދިގުވެ، ރަނގަޅު ސިއްހަތުގައި ހުރުމަށް އެހީވެދޭ ކަމަށްވެސް ދިރާސާއިން ދައްކާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ކޮފީއަކީ މީގެ ކުރިން ސިއްހަތަށް ގެއްލުންހުރި އެއްޗެއްކަމަށް ބައެއް ދިރާސާތަކުން ދެއްކިނަމަވެސް، ޔޫރަޕްގެ 5 ލައްކައަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ހެދި މި ދިރާސާގެ ނަތީޖާ ދައްކާފައިމިވަނީ ކޮފީއަކީ ސިއްހަތަށް ގެއްލުން ލިބުމުގެ ބަދަލުގައި ފައިދާހުރި އެއްޗެއްގެ ގޮތުގައެވެ.

އެހެންނަމަވެސް މިއީ އެހެން ގަޑުބަޑު ނުކޮށް ހުންނަ ކަޅު ކޮފީކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.