ދަމު ނަމާދު ކުރުމަށް އެންމެ ރަނގަޅު ވަގުތަކީ ކޮބާ ؟

بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده.

އެއްވެސް ޝައްކެއް ނެތްގޮތުގައި ރޭގަނޑުގެ ފުރަތަމަކޮޅަށްވުރެ ފަހުކޮޅު މާތްވެގެންވެއެވެ. އެއީ ރޭގަނޑުގެ ފަހުބައެވެ. ރޭގަނޑު ތިންބައިކޮށްފައި ފަހުބައެވެ. އެއީ ޢާލަމްތަކުގެ ވެރި އިލާހު އެއިލާހުގެ ޛާތުފުޅާއި އެކަށީގެންވާގޮތަކަށް ދުނިޔޭގެ އުޑަށް ނުޒޫލުވެ ވޮޑިގަންނަވާ ވަގުތެވެ. އަދި އެއިލާހުގެ އަޅުންނަށް މިފަދައިން ވަޙީ ކުރައްވާ ވަގުތެވެ. (( ފާފަ ފުއްސެވުމަށް އެދޭ މީހަކު ވޭހެއްޔެވެ؟ ފަހެ ތިމަން އިލާހު އެމީހަކަށް ފާފަފުއްސަވާ ދެއްވާހުށީމެވެ. ތައުބާ ވާ މީހަކު ވޭހެއްޔެވެ؟ ފަހެ ތިމަންއިލާހު އެމީހަކަށް ތައުބާ ލައްވާހުށީމެވެ. ކަމަކަށް އެދި ދަންނަވާމީހަކު ވޭހެއްޔެވެ؟ ފަހެ ތިމަންއިލާހު އެމީހަކު އެދޭކަމެއް އެމީހަކަށް ދެއްވާހުށީމެވެ.)) ފަހެ މީހާއަށް ރޭގަނޑުގެ ފަހުބައިގައި ނަމާދު ކުރުމަށް ބުރަވެއްޖެ ނަމަ ރޭގަނޑުގެ ކުރީކޮޅުންވިޔަސް އޭނާއަށް ފަސޭހަ ވަގުތެއްގައި ދަމުނަމާދު ކުރާނީއެވެ.

އިޝްތިހާރު Below Header ad

والله أعلم

ޖަވާބު: ފަޟީލަތުއްޝައިޚް އަލްޢައްލާމާ ޢަބްދުﷲ ބުނު ޢަބްދުއްރަޙްމާން ބުނު ޖިބްރީން (ރަޙިމަހުﷲ)

މަސްދަރު: ނޫރުލް އިސްލާމް

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.