ތަޢުލީމީ މާޙައުލުގައިވެސް ކުޑަކުދިންގެ ބައިވެރިވުން އޮތްކަން އިޙްޞާސްކޮށްދޭންޖެހޭ..

ޢާއިލާއާއި ތަޢުލީމީ މާޙައުލުގައިވެސް ކުޑަކުދިންގެ ބައިވެރިވުން އޮތްކަން އިޙްޞާސްކޮށްދޭންޖެހޭކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ދުވަހުގެ މުނާސަބާގައި ދެއްވި ޚިޠާބުގައި އެކަމަނާ ވިދާޅުވީ ސަރުކާރުގެ ސަތޭކަ ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ދިވެހިރާއްޖެއަށް އުފަންވާ ކޮންމެ ކުއްޖަކީވެސް ތުއްތު އިރުއްސުރެ ޢާއިލީ ލޯބި ލިބޭނެ ކުދިން ކަން ކަށަވަރުކުރުން ހިމެނޭ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން ތަފާތު އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާ އިރު، އެ ކުދިންނަށް ޢާއިލާއެއްގެ ތެރޭގައި ބޮޑުވުމުގެ ފުރުޞަތު ފަހިކުރުމުގެ ގޮތުން ފޮސްޓަރކުރުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނެވި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުން ޙަވާލުކުރުމާ ބެހޭ އުސޫލު މިހާރު ގެޒެޓްކުރެވިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވފުވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާ ބައެއް ކުދިން ބައެއް ޢާއިލާތަކުން މިހާރުވެސް ފޮސްޓަރކުރަމުން ދާ އިރު، އެ ފަދަ ކުދިންނަށް އުޖާލާ ދިރިއުޅުމެއް ތަނަވަސްކޮށްދީ، ހަރުދަނާ ޒުވާނުންތަކެއްގެ ގޮތުގައި ބިނާކުރުމަކީ މުޅި ޤައުމުގެ ތަރައްޤީއަށް ލިބޭ ކުރިއެރުމެއް ކަމަށާއި މި ފަދަ ކަންކަމުގައި މުޅި މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވާކަން މިނިސްޓަރ ޝިދާތާގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.