ވިހައިގެން އުޅޭ މިހަކަށް ޒިޔާރަތްކުރާއިރު ވިސްނާލަން ޖެހޭބައެއް ކަންކަން
އަލަށްވިހައިގެން އުޅޭ މަންމައަކަށް ޒިޔާރަތް ކުރާއިރު ސަމާލު ވާންވީ ކަންތައްތައް:
- ފިރިމީހާ ނުވަތަ އެހެންވެސް ފިރިހެނަކު ގޮވައިގެން ދާނަމަ އަވަހަށް އެތަނަކުން ނިކުތުން! ވިހައިގެން އޮންނަ އަންހެނަކު އެންމެ ބޭނުންވާނީ ތަންކޮޅެ ހަމަޖެހިލައިގެން އޮންނަން ކަމަށް ވާތީވެއެވެ.
- ދަރިފުޅު ނިދާފައިވާނަމަ އެކުއްޖާ ގައިގަ ކޮއްޓުން ފަދަ ކަންކަން ނުކުރުން! އެހެނީ އަލަށް އުފަންވާ ކުޖަކަށް އެންމެ މުހިންމުވާނީ ބުއިމާއި ނިދުން ކަމުގައި ވާތީއެވެ.
- އަންހެނެއް ކަމުގައި ވިޔަސް ކައިރިން ދޭން މައިމީހާ އުޅޭކަން ފާހަގަ ވެއްޖެއް އެއްފަރާތަކަށް ޖެހިލުން! އެންމެނަށް ބުނަން ނުކެރިދާނެ، އެކި މީހުންގެ ލަދުވެތުކަން ހުންނާނީ އެކިވަރަށް ކަމަށްވާތީ އިޙްތިރާމު ކުރުން މުހިންމެވެ.
- މަންމަ ނުވަތަ ދަރިފުޅު ހުރި ގޮތަކަށް ފާޑުނުކިއުން! މިސާލަކަށް ”އަދިވެސް ހީވަނީ ބަނޑުގައި ކުއްޖެއް އޮތްހެން“ ”މިކުއްޖާ ހާދަ ހިއްކޭ، ކަޅޭ، ދޮނޭ“ މިކަހަލަ ވާހަކަދެކުމަކީ މުހިންމު ކަމެއް ނޫނެވެ. މީގެ ބަދަލުގައި ”އުފާ ކޮށްފީމޭ ދަރިއެއް ލިބުމުން“ މިކަހަލަ ވާހަކައެއް ބުނުން ބުއްދިވެރިއެވެ.
- ކުއްޖާ ނުވަތަ މަންމަ ބަލިނަމަވެސް ވީދެރަކަމެއްގެ ވާހަކަ ނުބުނެ އެކަހަލަ ކަމެއްގައިވެސް ދިމާވި ރަނގަޅު ގޮތެއްގެ ވާހަކަ ހިއްސާކުރުން! ވިހައިގެން އުޅޭ މަންމައެއްގެ ހޯމޯންސް ބެލެންސް ނުވާތީވެ ކަންބޮޑުވުން ކަހަލަ ކަންތަ އިތުރުވާނެއެވެ. ވީމާ އެކަހަލަ ގޮތަކަށް ބުނެވޭ ވާހަކައަކުން މަންމަ ފިކުރުބޮޑުވެ ގާތުންދޭ ކިރަށް އަސަރު ކުރާނެތީއެވެ.
މިކަހަލަ ކުދި ކަންތަކަކީ އޭގެ ސަބަބުން ވިހައިގެން އުޅޭ މަންމައަކަށް ކުޑަ ކަންކަމެށް ނޫނެވެ. ނޭނގިނަމަވެސް ދެކެވޭ ވާހަކައަކުންވެސް މަންމައަށް އަސަރުކުރެއެވެ. އެހެންކަމުން ގިނައިރު މަޑުނުކުރުންވެސް މުހިންމެވެ.
Haadha imlaa kuh gina ey thankolheh balaalabala