ކަރަލުން ލިބިދޭ ސިއްޚީ ފައިދާ އެނގިލައްވާތޯ….؟

ކަރައަކީ މަސްހޫރު އަނގަޔަށް މީރު މޭވާގެ ބާވަތެކެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖޭގައި ވެސް ވަރަށް ގިނައިން ބޭނުންކުރާ ވަރަށް އާންމު މޭވާއެކެވެ. އަޅުގަނޑުމެންގެ މި ރާއްޖޭގައި ކަރައަކީ ރޯދަމަހަށް ވަރަށް ޚާއްޞަ މޭވާއެވެ. މިއަދަކު ނޫނެވެ. ޒަމާނުއްސުރެވެސް ކަރައަކީ އެގޮތުގައި މަސްހޫރު ވެފައި އޮންނަ މޭވާއެކެވެ.

އެގޮތުން ރޯދަމަހު ރޯދަ ވީއްލާ ގަޑިއަށް ކަރާ ފަނި ތައްޔާރު ކުރުމަކީ އާންމު ކަމެކެވެ. އަދި ރޯދަ މަހުގެ އެންމެ މަގުބޫލް އަދި އެންމެ ގިނައިން ބޮވޭ ފަންޏަކީ ވެސް ކަރާފަންޏެވެ.
އެގޮތުން ރާއްޖޭގެ ގިނަ ރައްރަށުގައި އާންމުކޮށް ހައްދާ މޭވާގެ އެއްބާވަތަކީ ކަރައެވެ. އެގޮތުން ބާޒާރުގައި ދިވެހި ކަރާގެ ވައްތަރުތަށް ލިބެން ހުރެއެވެ. އަދި މީގެއިތުރުން ރާއްޖޭން ބޭރުންވެސް ކަރާ ގެނެއެވެ. މި ކަރާގެ ބާވަތްތައްވެސް ބާޒާރުން ލިބެންހުރެއެވެ.

އިޝްތިހާރު Below Header ad

f0a89e9720dec7ad2d4dbc20c1a4a386

ކަރައަކީ ރޯދަމަސް ނޫނަސް އަބަދުވެސް ބޭނުންކުރަން ރަނގަޅު މޭވާއެކެވެ. ފައިދާ ހުރި މާއްދާތަށް ގިނަ މޭވާއެކެވެ.

ދާދި ފަހުން އެމެރިކާގައި ކޮށްފައިވާ އާ ދިރާސާއަކުން ހާމަވި ގޮތުގައި ދުވާލަކު އެއް ފޮތި ކަރާ ކެއުމުން ބަރުދަން ކޮންޓްރޯލް ކުރެވި އަދި ހިތުގެ ބަލިތައް ޖެހުމުން ވެސް ދުރުކޮށްދެ އެވެ. މިހެން ދިމާވަނީ ކަރާ ކެއުމުން ގެއްލުން ހުރި ކޮލެސްޓްރޯލް ޖަމާވުމަށް ހުއްޓުމެއް ގެނެވޭތީ ކަމަށް ވެސް މި ދިރާސާގައިވެއެވެ..

މީދާ ބޭނުން ކޮށްގެން މި ދިރާސާ ހެދި ސައިންޓިސްޓުން ދިރާސާއަށްޓަކައި ބޭނުން ކުރި މީދާތަކަށް ސަރުބީ ވަރަށް ގިނަވާ ޒާތުގެ ކާނާ ކާން ދިންކަމަށް ވެއެވެ. އަދި މިއާ އެކު ކަރާ ކާން ދިނުމުން “ބޭޑް” ލޯ ޑެންސިޓީ ލިޕޯޕްރޮޓީން ނުވަތަ އެލްޑީއެލް ގިނަވާ ރޭޓް ދެބައިކުޅަ އެއްބަޔަށް ދަށްވެގެން ގޮސްފައިވާ ކަމަށް ވެސް މި ދިރާސާގައި ބުނެއެވެ..

އެލްޑީއެލް އަކީ ކޮލެސްޓްރޯލްގެ ބާވަތެކެވެ. މި ކޮލެސްޓްރޯލް ގިނަވުމުން ލޭ ހޮޅިތައް ބެދި ހިތުގެ މައްސަލަތައް ކުރިމަތިވެ އެވެ..

މި ދިރާސާ އިން އިތުރަށް ހޯދުނު އެއް ހޯދުމަކީ ގަވާއިދުން ކޮންމެ ދުވަހަކު ކަރާ ކެއުމުން ބަރުދަން އިތުރު ނުވެ ހިފެހެއްޓި އަދި ލޭ ހޮޅިތަކުގައި ސަރުބީ ޖަމާވާ މިންވަރު ދަށްކޮށްދޭ ކަމެވެ..

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ކަރާ އިން ސިއްހަތަށް އެންމެ ރަނގަޅު ފައިދާއެއް ކުރަނީ ކަރާގެ ދިޔައިގައި ހުންނަ ސިޓްރޫލިން ކިޔާ ކެމިކަލްއެއްގެ ސަބަބުންނެވެ..

sliced-watermelon

ކަރާ ކެއުމުން ލޭގެ ޕްރެޝަރަށް އެއްވެސް ކަހަލަ ބަދަލެއް އަންނަކަން މި ތަހުލީލުން ހާމަވެފައި ނެތަސް ހިތަށް ނުރައްކާވާ އެހެނިހެން ކަންތައްތަކަށް ވެސް ކަރާ ކެއުމުން އެކަށޭނަ ހެޔޮ ބަދަލުތަކެއް އަންނަ ކަމަށް ވެ އެވެ..

އެހެންކަމުން ކޮންމެ ދުވަހަކުވެސް ކަރާގެ ކޮންމެވެސް މިންވަރެއް ބޭނުންކޮށްލުމަކީ އެންމެ ރަނގަޅުކަމެކެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.