ސަމަކާރަ ލޭބަލްގެ ފަރުމާއެއް ކަނޑައެޅުމަށް ޢާންމުންގެ ވޯޓަކަށް!

ރާއްޖެއަށް ތަޢާރަފް ކުރުމަށް މަސައްކަތްކުރާ އެނަރޖީ އެފިޝަންސީ ލޭބަލްގެ ނަމޫނާއަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުން އަންނަ ސްޓްރެންގތެނިންގ ލޯ ކަރބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު ތައްޔާރު ކުރާ އެނަރޖީ އެފިޝަންސީ ލޭބަލް ޕްރޮގްރާމަކީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ކުރިއަށްގެންދާނެ ލޭބަލް ޕްރޮގްރާމެކެވެ.

އިޝްތިހާރު Below Header ad

މި ލޭބަލް ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ބާޒާރަށް ވިއްކަން ނެރޭ އައިސްއަލަމާރި، އޮޓޮމެޓިކް ދޮންނަމެޝިން އަދި އެއަރކޮންޑިޝަން ރާއްޖެއަށް އެތެރެކުރުމުގެ ކުރިން އެ ތަކެއްޗަކީ ރާއްޖޭގެ އެނަރޖީ އެފިޝަންސީ މިންގަނޑަށްފެތޭ ތަކެތިތޯ ބަލައި، މިންގަނޑަށް ފެތޭ ތަކެތިން ބޭނުންކުރާ ކަރަންޓުގެ މިންވަރާއި ސަމަކާރަ މިންވަރު ދެނެގަނެ އެ އާލަތެއް ފެތޭ ދަރަޖައިގެ ލޭބަލެއް ހަރުކުރެވިފައި ހުންނާނެއެވެ.

ކަރަންޓު ބޭނުންކުރާ މިންވަރާއި ހަކަތަ ސަމަކާރަ މިންވަރު އަންގައިދޭ ސަމަކާރަ ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފައެވެ. އެގޮތުން އެންމެ ފުރަތަމަ ދަރަޖައިގެ ލޭބަލަކީ ހަކަތަ ސަމަކާރަ މިންގަނޑަށްފެތޭ އެންމެ ކުޑަ މިންވަރު އަންގައިދޭ ލޭބަލެވެ. އަދި ފަސްވަނަ ދަރަޖައިގެ ލޭބަލަކީ ހަކަތަ ސަމަކާރަ މިންގަނޑުގެ އެންމެ މަތީ ދަރަޖަ އަންގައިދޭ ލޭބަލެވެ.

މޯލްޑިވްސް އެނަރޖީ އޮތޯރިޓީން އޮންލައިންކޮށް ކުރިއަށްގެންދާ މި ސާރވޭގައި އެނަރޖީ ލޭބަލްގެ ދެ ނަމޫނާ އެއްވަނީ ހިމަނާފައެވެ. އެގޮތުން ޑޯމް ބައްޓަމަށް ފަރުމާކޮށްފައިވާ ލޭބަލްގައި ދަރަޖަ އަންގައިދިނުމަށް ބޭނުންކުރެވިފައިވަނީ ތަރިއާއި ނަމްބަރެވެ. އެގޮތުން ތަރި ލޭބަލްގެ އެންމެ މަތީ ދަރަޖަ ފަސް ތަރި ލޭބަލުން އަންގައިދޭއިރު އަދަދު ހިމަނައިގެން ތައްޔާރުކޮށްފައިވާ ނަމޫނާގައި ފަސް ވަނަ ދަރަޖައިގެ ލޭބަލް ރަމްޒުކޮށްދޭނީ ހަކަތަ ސަމަކާރަ މިންވަރު އެންމެ ރަނގަޅު ކަރަންޓު އާލާތްތަކެވެ.

މި މަޢުލޫމާތުގެ އިތުރުން ކޮންމެ ދަރަޖައެއްގެ ލޭބަލުގައިވެސް އެ ލޭބަލެއް ހަރުކުރެވިފައި ހުންނަ އާލަތަކުން މަހެއްގެ މައްޗަށް އެވްރެޖްކޮށް ބޭނުންކުރާނެ ކަރަންޓުގެ މިންވަރާއި އެނަރޖީ އެފިޝަންސީ ރޭޝިއޯ ހިމަނާފައިވާނެއެވެ.

ބާޒާރުގައި ވިއްކަން ބަހައްޓާފައި ހުންނަ ކަރަންޓު އާލާތްތަކުގައި ހަރުކުރަން ތައްޔާރުކުރާ މި ލޭބަލަކީ އެއް ވައްތަރުގެ، އެއް ވަރުގެ އާލާތްތައް އަޅާކިޔާ އިރު ކަރަންޓު މަދުންބޭނުންކުރާ އާލާތްތައް ދެނެގަތުމަށް ކަސްޓަމަރުންނަށް ފަސޭހަކުރުމަށާއި އެފަދަ އާލާތްތަކުން ކަރަންޓު ބޭނުންކުރާ މިންވަރާއި ގުޅޭ ސައްހަ މަޢުލޫމާތު އަންގައިދިނުމުގެ މަޤްސަދުގައި ހަރުކުރާ ލޭބަލެކެވެ.

ދިރިއުޅުން ފަސޭހަކުރުމަށްޓަކައި ބޭނުންކުރާ ތަފާތު ބާވަތުގެ ކަރަންޓު އާލާތްތަކުގެ ސަބަބުން ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެގެންދިއުމަކީ ގިނަބަޔަކަށް އެކަމުގެ ސަބަބުން ތަކުލީފުތަކެއް ކުރިމަތިވާކަމަކެވެ. އިސްރާފުވާ ފައިސާއާއި ބޭކަރުގޮތުގައި އަންދާ ތެލުގެ ސަބަބުން ތިމާވެއްޓަށްލިބޭ ގެއްލުމަކީވެސް އިޔާދަ ނުކުރެވޭނެ ޤެއްލުންތަކެކެވެ. އެހެންކަމުން ހަކަތަ ސަމަކާރަ އާލާތްތައް ބޭނުންކުރާ ވަރު އިތުރުކޮށް ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވޭނެއެވެ.

ސާރވޭގެ ލިންކް: https://goo.gl/forms/gfTYEH8Oh7fMzxAp2

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.