ބެސްޓް އިންވެސްޓަރ ރިލޭޝަންސް ކޮމްޕެނީ މޯލްޑިވްސްގެ މަޤާމަށް އުރީދޫ މޯލްޑިވްސް

2018 ގެ ގްލޯބަލް ބޭންކިންގ އެންޑް ފައިނޭންސް އެވޯޑްސްގައި، ބެސްޓް އިންވެސްޓަރ ރިލޭޝަންސް ކޮމްޕެނީ މޯލްޑިވްސްގެ މަޤާމަށް އުރީދޫ މޯލްޑިވްސް ހޮވިއްޖެއެވެ.

މިކަމާއިގުޅިގެން އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ ”ގްލޯބަލް ބޭންކިންގ އެންޑް ފައިނޭންސްގެ ފަރާތުން ބެސްޓް އިންވެސްޓަރ ރިލޭޝަންސް ކޮމްޕެނީ މޯލްޑިވްސް އެވޯޑް ލިބުމަކީ އެކުންފުންޏަށް ލިބުނު އިންވެސްޓަރ ރިލޭޝަންސް ޓީމު ކުރަމުންދާ އީޖާދީ މަސައްކަތްތައް ބަލައިގަނެވިފައިވާ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން އުރީދޫ މޯލްޑިވްސްގެ ޙިއްޞާދާރުންގެ ފަރާތުން އަބަދުމެ ލިބެމުންދާ ހިތްވަރާއި އިތުބާރުގެ އަގުވަޒަންކޮށް، މި ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ގަވާއިދުގައި ވާގޮތުގެމަތިން، އުރީދޫ މޯލްޑިވްސްގެ ޙިއްޞާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓު މަހު، ރާއްޖޭގައި މިހާތަނަށް ބާއްވާފައިވާ އެންމެ ކާމިޔާބު އައިޕީއޯ އަށް ފަހުގައެވެ.

މިގޮތުން އުރީދޫ މޯލްޑިވްސްގެ އައިޕީއޯގައި 14,045,260 ޙިއްޞާ،  8257 ޙިއްޞާދާރުންނަށް ވިއްކުމަށްފަހު ޖުމްލަ 421,357,800 ރުފިޔާ ހޯދާފައިވާއިރު، ވިއްކާފައިވާ ޙިއްޞާއަކީ ކުންފުނީގެ ދޫކޮށްފައިވާ ޙިއްޞާގެ %9.5 އެވެ. އައިޕީއޯގައި ރާއްޖޭގެ ގިނަ ޙިއްޞާދާރުންގެ ބައިވެރިވެފައިވާއިރު،8,257 ޙިއްޞާދާރުންގެ ތެރެއިން 6،000 ޙިއްޞާދާރުންނަކީ ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި އަލަށް ބައިވެރިވި ފަރާތްތައްކަމުގައިވުމީވެސް އުރީދޫ އާއި ރާއްޖޭގެ ޙިއްޞާގެ ބާޒާރަށް ލިބިފައިވާ ވަރަށް ބޮޑު ކާމިޔާބީ އެކެވެ.

މި ކުރިއެރުމާއެކު، އުރީދޫ މޯލްޑިވްސް ވެގެންދިޔައީ ރާއްޖޭގައި ލިސްޓުކުރެވިފައިވާ އެންމެ ބޮޑު އެއް ލިސްޓެޑް ކުންފުނީގެ އިތުރުން، އެންމެ ބޮޑު ފްރީ ފްލޯޓް އެޑްޖަސްޓެޑް މާކެޓް ކެޕިޓަލައިޒޭޝަން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި އޮތް ކުންފުންޏަށެވެ.

”އުރީދޫ މޯލްޑިވްސްގެ މިލްކުވެރިކަން ރާއްޖޭގެ އެކި ހިސާބުތަކަށް ބަހާލުމުގެ މަޤްޞަދުގައްޔާއި، އިންވެސްޓްމަންޓު ފަހަށް ރައްކާކުރުމަށް ރާއްޖޭގައި ހުރި ފުރުސަތުތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އުރީދޫ މޯލްޑިވްސް އިން ޤާއިމްކޮށްފައިވާ ސްޓްރެޓަޖީ ވަނީ މި ހާއްސަ އެވޯޑު ލިބުމަށް މަގުފަހިކޮށްދީފައި. އުރީދޫ މޯލްޑިވްސްގެ މުވައްޒަފުންގެ މިންނަތް މަސައްކަތުގެ ނަތީޖާ އެއްގެ ގޮތުން، 8،000 އަށް ވުރެ ގިނަ އިންވެސްޓަރުންނާއެކު، އުރީދޫ ވެގެންދިޔައީ ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓަރ ކޮށްފައިވާ އެންމެ ބޮޑު ޝެއާހޯލްޑަރ ބޭސް ހިމެނޭ ކުންފުންޏަށް. އަޅުގަނޑުމެންގެ އައިޕީއޯގެ ކާމިޔާބީ ވަނީ މި ކުންފުންޏާއި އުރީދޫ ބްރޭންޑާ މެދު ދިވެހި ރައްޔިތުންގެ ހިތުގައިވާ އިތުބާރު ދައްކުވައިދީފައި. އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް، އުރީދޫގެ ޙިއްޞާދާރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް، އަޅުގަނޑުމެން އަބަދުމެ ޝުކުރު އަދާކުރަން.“ އުރީދޫ މޯލްޑިވްސްގެ ބޯޑު ޑައިރެކްޓަރު، އަލްއުސްތާޛާ ދީނާ ޙުސައިން ވިދާޅުވިއެވެ.

އައިޕީއޯ ތެރޭގައި ޤާއިމްކޮށްފައިވާ ޚާއްސަ ޑިސްޓްރިބިއުޝަން ސްޓްރެޓެޖީގެ ތެރޭގައި އިންވެސްޓަރުންނާ ވަކިން ބައްދަލުކުރުމާއި މާލެއާއި އަތޮޅުތަކުގެ ތެރޭގައި ރޯޑްޝޯތަކާއި ޓައުންހޯލްތައް ބޭއްވުމާއި އެކިދާއިރާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި މަތީ ތަޢުލީމު ޙާޞިލް ކުރައްވާ ކުދިންނާއި އެހެނިހެން ރީޓެއިލް އިންވެސްޓަރުންނަށް މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް އުރީދޫ އިން ހުޅުވާލި ފުރުސަތުގެ ބޭނުން ހިފޭނެ ފަރާތެއްކަން ޔަގީން ކުރުމުގެ ނިޔަތާއެކު، އުރީދޫ އިން ވަނީ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ތަކާއި އުރީދޫ ބިޒްނަސް ޕާޓްނަރު ފިހާރަތަކާއި ޕޯސްޓް އޮފީސް، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ގޮފިތަކާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ގޮފިތައް އަދި ލައިސަންސް ލިބިފައިވާ ޑީލިންގ ކުންފުނިތައް ހިމެނޭ، ވަރަށް ފުޅާ ޑިސްޓްރިބިއުޝަން ނެޓްވަރކް އެއްވެސް ޤާއިމް ކޮށްފައެވެ.

އިންވެސްޓަރ ރިލޭޝަންސްގެ ދާއިރާއިން އުރީދޫ މޯލްޑިވްސްއަށް ލިބިފައިވާ ކާމިޔާބީގެ އިތުރުން 2018 ވަނަ އަހަރު އެކުންފުންޏަށް ވަނީ އެކްސެލަންސް އިން އިންފޯމޭޝަން އެންޑް ކޮމިއުނިކޭޝަން އަދި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އޮފް ދަ އިޔަރވެސް ހިމެނެއެވެ.

އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ އީޖާދީ ހައްލުތަކާ އެކު، ކަސްޓަމަރުން، އިންވެސްޓަރުން، އަދި އެންމެހައި ސްޓޭކްހޯލްޑަރުންނަށްވެސް ފައިދާކުރާނެ ގޮތަށް ކުންފުނި ކުރިއަރުވައި، މުޖުތަމަޢުއަށް އިތުރު މަންފާ ފޯރުކޮށްދިނުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.