ކުޑަކުދިންނާ ގުޅުން ހުރި ތަފާސްހިސާބުތަކުގެ އެހީގައި މުޖުތަމަޢުއަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެ – މިނިސްޓަރ ޝިދާތާ

އެކި ފަރާތްތަކުން ޢާންމުކުރަމުން ދާ ކުޑަކުދިންނާ ގުޅުން ހުރި ތަފާސްހިސާބުތަކުގެ އެހީގައި މުޖުތަމަޢުއަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއި ޔުނިސެފް މޯލްޑިވްސްގެ ފަރާތުން ޗަންޕާ ސެންޓްރަލް ހޮޓަލްގައި މިއަދު ކުރިއަށް ގެންދިޔަ ”ޗިލްޑްރަން އިން މޯލްޑިވްސް“ ޑިސެމިނޭޝަން ސެޝަންގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ މި ފަދަ ތަފާސްހިސާބުތައް މެދުވެރިކޮށް ލަފާކުރާ އާބާދީ ދެނެގަތުމަށް އެހީތެރިވެ ދޭ ކަމަށާއި، އެ މަޢުލޫމާތު ބޭނުންކޮށްގެން ކުޑަކުދިންނާ ގުޅުން ހުރި ޤައުމީ ޕްލޭންތައް އެކަށައެޅުމަށާއި، ކުޑަކުދިންނަށް ބޭނުންވާ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މަގު ތަނަވަސްވެގެން ދާ ކަމަށެވެ.

ހަމަ އެހެންމެ، މުޖުތަމަޢުގެ ތެރޭގައި ކުޑަކުދިންނަށް ކުރިމަތިވާ އެކި ކަހަލަ ގޮންޖެހުންތަކުގެ މިންވަރު ވެސް ތަފާސްހިސާބުތަކުން ދެނެގަނެވޭ ކަމަށާއި، އެ ފަދަ މަޢުލޫމާތުގެ އަލީގައި، އެ ބާވަތުގެ މައްސަލަތަކަށް ޙައްލު ހޯދުމަށް އިތުރު ބާރަކަށް ވެގެން ދާ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިނިސްޓަރ ޝިދާތާ ވިދާޅުވީ އެވަރިޖް ގޮތެއްގައި ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 4 މައްސަލަ ކޮންމެ ދުވަހަކު ވެސް މިނިސްޓްރީއަށް ހުށަހެޅޭ ކަމަށާއި، ބައެއް ފަހަރު މި ބާވަތުގެ މައްސަލަތައް އެކި ސަބަބުތަކާ ހުރެ ރިޕޯޓުނުކުރާ ކަމަށެވެ. އެހެން ކަމުން، ކޮންމެ ދުވަހަކު ވެސް ރާއްޖޭގެ ކޮންމެ ވެސް ސަރަޙައްދެއްގައި ކުޑަކުދިންތަކެއް އަނިޔާ ތަޙައްމުލުކުރަމުންދާ ކަން ހާމަވާ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާ ފާހަގަކުރެއްވި ގޮތުގައި މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހެޅެނީ ޖިންސީ ހާނީއްކަ، ޖިސްމާނީ ހާނީއްކަ، ނަފްސާނީ ހާނީއްކަ އަދި އިހުމާލުވުމުގެ މައްސަލަތަކެވެ. އަދި މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި، މިނިސްޓްރީއަށް ރިޕޯޓުކުރާ ކޮންމެ މައްސަލައެއް ވެސް ބަލައި، މިނިސްޓްރީގެ ފަރާތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި ކުޑަކުދިންނާ މެދު ކުރެވޭ އެއްވެސް ބާވަތެއްގެ އަނިޔާއަކީ އެއްވެސް މިންވަރަކަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަން ފާހަގަކުރައްވައި، މި ކަމާ ދެކޮޅަށް މުޅި މުޖުތަމަޢު ތެދުވާން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.