އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމުގައްޔާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ހުރަސްއަޅާ އެކި ނުފޫޒުތަކާއިދެކޮޅަށް ތެދުވާންޖެހޭ: މިނިސްޓަރ

އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމުގައްޔާއި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ހުރަސްއަޅާ އެކި ނުފޫޒުތަކާ ދެކޮޅަށް ތެދުވާން ޖެހޭ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ”ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އަގައިންސްޓް ވިމެން (ސީޑޯ)“ ގެ ދަށުން ދައުލަތުން އދ.އަށް ހުށަހަޅަން ޖެހޭ 6ވަނަ ޕީރިއަޑިކް ރިޕޯޓު ވެލިޑޭޓްކުރުމަށްޓަކައި ކަމާ ގުޅުންހުރި ދާއިރާތަކާއެކު ބާއްވާ ވެލިޑޭޝަން ބައްދަލުވުން އިފުތިތާހުކުރުމުގެ ގޮތުން ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިނިސްޓަރ ވިދާޅުވީ މިންތީގެ ދައުރާއި މަސްއޫލިއްޔަތުތަކާއިމެދު ތަފާތުކުރުމުގެ ވިސްނުމެއް މުޖުތަމަޢުގައި އަދިވެސް ގެންގުޅެމުންދާކަމަށާއި މި ފަދަ ކަންކަން ޙައްލުކުރުމަކީ ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ. އަދި ޕީރިއަޑިކް ރިޕޯޓު ހުށަހެޅުމަށް ލިބިގެންދާ މުއްދަތަކީ މި ދާއިރާގައި ފާހަގަކުރެވޭ ހުސް ކަންކަން ދެނެގަނެ، މިހާރު ގާއިމުކުރެވިފައިވާ ނިޒާމާއި ޚިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކަށް ލިބިގެންދާ ފުރުޞަތެއް ކަމަށެވެ.

މީގެއިތުރުން މި ބޭއްވޭ ވެލިޑޭޝަން ބައްދަލުވުމުގެ ސަބަބުން މިހާރު އެކުލަވައިލައިފައިވާ ރިޕޯޓަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މި ވެލިޑޭޝަން ބައްދަލުވުމުގައި ދައުލަތުގެ އެކި އިދާރާތަކާއި ސީޑޯގެ ސެކްޓޯރަލް ކޮމިޓީގައި މިނިސްޓްރީތައް ތަމްސީލުކުރައްވާ ބޭފުޅުންނާއި މިނިސްޓްރީތަކުގެ ޖެންޑަރ ފޯކަލް ޕޮއިންޓަކުގެ އިތުރުން އދގެ އެކިއެކި އޭޖެންސީތަކާއި ޖަމުޢިއްޔާތައް ހިމެނޭގޮތަށް ޖުމްލަ 72 ފަރާތަކުން ބައިވެރިވެއެވެ.

މި ވެލިޑޭޝަން ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މިހާރު އެކުލަވައިލައިފައިވާ ރިޕޯޓުގައި ހުރި މަޢުލޫމާތުތައް ވެލިޑޭޓްކުރުމާއި ރިޕޯޓުގައި އިތުރަށް ހިމަނަން ޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

ޑްރާފްޓް ރިޕޯޓު އެކުލަވައިލުމުގައި ކ.ކާށިދޫ، ކ.ގާފަރު، ދ.ކުޑަހުވަދޫ އަދި ދ.ހުޅުދެލީގައި ގާއިމުކުރެވިފައިވާ ގުޅުންހުރި އިދާރާތަކުގެ ވެސް މަޝްވަރާ ހޯދައިފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.