ވޯލްޑްކަޕް 2018: އާޖެންޓީނާ – ނައިޖީރިއާ

 

ގްރޫޕް ސީގައި މިރޭ ނައިޖީރިއާ އަދި އާޖެންޓީނާ ބައްދަލުކުރާ މެޗަކީ ފޯރިގަދަ މެޗަކަށް ވެގެންދާނެއެވެ. ގިނަބަޔަކު އިންތިޒާރުކުރަމުންގެންދާ މި މެޗަކީ މިފަހަރުގެ ވޯލްޑްކަޕުގައި އެންމެ ގިނަބަޔަކު ބަލާނެކަމަށް ތަފާސްހިސަބުތަކުން ދައްކާމެޗެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ގުރޫޕް ސީގެ ފަހު މެޗުގައި މިރޭ ނައިޖީރިއާއާ ދެކޮޅަށް ނުކުންނައިރު، އާޖެންޓީނާ އަށް ވެސް އަދި ނައިޖީރިއާއަށްވެސް ދެވަނަ ބުރުގެ ފުރުސަތު އެބައޮތެވެ. މެޗުން މޮވެއްޖެ ނަަމަ، އާޖެންޓީނާ އަށް ދެވަނަ ބުރުގެ ފުރުސަތެއް އޮންނާނެ އެވެ. އެކަމަކު މިހާރު ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރެއް މިހާރު އާޖެންޓީނާ އަށް ނެތެވެ. އެހެން ނަމަވެސް ނައިޖީރިއާއަށް މިރޭގެ މެޗުން މޮޅުވެގެން ދެވަނަ ބުރަށް ދާނެއެވެ.

މިރޭގެ މެޗުން އާޖެންޓީނާ މޮޅުވިޔަސް، މި ގުރޫޕްގައި މިރޭ އައިސްލޭންޑާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗުން އައިސްލޭންޑް މޮޅުވެއްޖެ ނަމަ، އާޖެންޓީނާ މުބާރާތުން ކަޓާފާނެ އެވެ.

މި މެޗަށް ކުރިމަތިލާއިރު، ދެ މެޗުން މޮޅުވެ ކްރޮއޭޝިއާ އޮތީ ތާވަލްގެ އެއްވަނައިގަ އެވެ. ދެވަނައިގައި ތިން ޕޮއިންޓާއެކު ނައިޖީރިއާ އޮތްއިރު، އައިސްލެންޑާއި އާޖެންޓީނާ އޮތީ އެއް ޕޮއިންޓާއެކު އެވެ.

މި މެޗަށް ނުކުންނައިރު، އާޖެންޓީނާގެ ފޯމޭޝަނާއި ފުރަތަމަ 11 އަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭނެ އެވެ. ފާއިތުވި ދެ މެޗުގައި އެ ޓީމުގެ ގޯލް ބެލެހެއްޓި ވިލީ ކަބަލޭރޯގެ ބަދަލުގައި މިރޭ އެ ޓީމުގެ ގޯލް ބަލަހައްޓާނެ ކަމަށް ބެލެވެނީ ރިވަޕްލޭޓް ފްރަންކޯ އަރްމާނީ އެވެ.

އާޖެންޓީނާ އަދި ނައިޖީރިއާ މިރޭގެ މެޗަށް ނިކުންނާނީ ދެޓީމުވެސް މިފަހަރުގެ ވޯލްޑްކަޕުގައި ކުޅޭނެ އެންމެ ފަހުމެޗުގައި ދެކިގެންނެވެ. ކޮންމެއަކަސް މިރޭގެ މި މެޗު ތަފާތު ފޯރިގަދަ މެޗެކަށްވެގެންދާނެއެވެ.

އާޖެންޓީނާ އަދި ނައިޖީރިއާދެ ބައްދަލުކުރުންތަކަށް ބަލާއިރު މިރޭގެ މެޗަކީ މި ދެޓީމު ވޯލްޑްކަޕުގައި ވާދަކުރާ 5 ވަނަ ފަހަރެވެ. މީގެން އެއްވެސް ފަހަރަކު އާޖެންޓީނާގެ މައްޗަށް ނައިޖިރިއާއަށް ކުރިހޯދިފައިނުވާއިރު މި ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައިވަނީ އާޖެންޓީނާއިންނެވެ. އެހެން ނަމަވެސް މި ދެޓީމު ވަނީ އެކުވެރިކަމުގެ މެޗެއްގައި މިއަހަރު ބައްދަލުކޮށްފައެވެ. އެ މެޗުން 2-4 ގެ ނަތީޖައިން މޮޅުވެފައިވަނީ ނައިޖީރިއާއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.