ފީފާ ވޯލްޑްކަޕް 2018: ޑެންމާކް އާއި އޮސްޓްރޭލިއާގެ މެޗަށް ހަމަހަމަ ނިމުމެއް

މިހާރު ރަޝިއާގައި ކުރިޔަށްދާ ފީފާ ވޯލްޑް ކަޕްގައި މިއަދު ހަވީރު ޑެންމާކް އާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ޑެންމާކް އަދި އޮސްޓްރޭލިއާ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަތްވަނަ މިނެޓްގައި ޔޯގެންސަން ދިން ޕާހަކުން ކްރިސްޓިއަން އެރިކްސަން ވަނީ ގޯލެއް ކާމިޔާބުކޮށްދީ ޑެންމާކަށް މެޗުގެ ލީޑުނަގާދީފައެވެ. އެރިކްސަން މި ގޯލު ކާމިޔާބުކުރީ އޮސްޓްރޭލިއާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

އޮސްޓްރޭލިއާއިން ލަނޑުޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ 38 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޔެޑިނަކް އެވެ.  މި ޕެނަލްޓީ އޮސްޓްރޭލިއާ އަށް ލިބުނީ ޑެންމާކުގެ ޔުރާރީ ޕޯލްސަން އެޓީމުގެ ޕެނަލްޓީއޭރިއާ ތެރެއިން ބޯޅައިގައި އަތްލުމާ ގުޅިގެންނެވެ.

ދެޓީމު އެއްވަރެއްގައޮ އޮވެ މެޗުގެ ފިރަތަމަ ހާފް ނިމުނުއިރު، މެޗުގެ ފަހުހާފުވެސް ނިމުނީ މި ނަތީޖާގައެވެ. އެހެން ނަމަވެސް މި ހާފުގައި އޮސްޓްރޭލިއާގެ މޫއި އަށްވަނީ ނަތީޖާ ބަދަލުކޮށްލަން ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ޑެންމާކުގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ މޫއި ފޮނުވާލި ބާރު ހަމަލާ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންދިޔައިރު އަރްޒާނީ ފޮނުވާލި ހަމަލާ ދިފާއުކުރީ ޑެންމާކުގެ ކީޕަރު ޝްމައިކަލްއެވެ.

ގްރޫޕް ސްޓޭޖުގައި މި ދެ ޓީމަށް ވެސް ބާކީ ދެން އޮތީ އެންމެ މެޗެކެވެ. އެގޮތުން ގްރޫޕްގެ ފަހު މެޗުގައި ޑެންމާކް ނިކުންނާނީ ފްރާންސްއާ ދެކޮޅަށެވެ. އޮސްޓްރޭލިއާ ބައްދަލުކުރާނީ ޕެރޫއާއެވެ.

ގްރޫޕް ސީގައި ހިމެނޭ މި ދެ ޓީމު މުބާރާތުގައި މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު ޑެންމާކަށް އޮތީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. ޑެންމާކަށް ވުރެ އެއް މެޗު މަދުން ކުޅެ ގްރޫޕްގެ ދެވަނައިގައި ތިން ޕޮއިންޓާއެކު ފްރާންސް އޮތްއިރު އޮސްޓްރޭލިއާ އޮތީ އެއް ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ. ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ޕެރޫއެވެ.

މި ގްރޫޕްގައި މިރޭ ފްރާންސް އާއި ޕެރޫ ބައްދަލުކުރާނެއެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.