
ރަޝިއާ ދެވަނަބުރުގެ އުއްމީދު އައު ކުރިއިރު، މިސްރު ހާސްކަމުގެ ތެރެއަށް
ފިފާ ވަރލްޑް ކަޕް ގްރޫޕް އޭގައި މިރޭ މުބާރާތް ބާއްވާގައުމު ރަޝިއާ އާއި މިސްރު ބައްދަލުކުރި މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ދެވަނަ ބުރުގެ އުއްމީދު ރަޝިއާ އިން އައު ކުރިއިރު، މިސްރު ހާސްކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިވާ ނުވާ އިރު، މެޗުގެ ފުރަތަމަ ލަނޑަކީ 47 ވަނަ މިނެޓުގައި މިސްރުގެ ކެޕްޓަން ފާތިހު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ދެވަނަ ލަނޑަކީ 59 ވަނަ މިނެޓުގައި ރަޝިއާގެ ޗެރިޝެވް ޖެހި ލަނޑެކެވެ. މިއީ މިފަހަރުގެ މުބާރާތުގައި އޭނާ ރަޝިއާއަށް ކާމިޔާބުކޮށްދިން 3 ވަނަ ލަނޑެލެވެ.
މީގެއިތުރުން 62 ވަނަ މިނެޓުގައި ޑްޒީބާ ވަނީ އިތުރު ލަނޑެއް ޖަހާ ރަޝިއާއަށް ލީޑު ފުޅާކޮށްފައެވެ.
އެހެންނަމަވެސް 73 ވަނަ މިނެޓުގައި ރަޝިއާގެ ޕެނަލްޓީ އޭރިއާތެރެއިން މިސްރުގެ ސަލާހްއަށް ކުރި ފައުލަކާއިގުޅިގެން މިސްރަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މިސްރުން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު މިސްރަށް ޖަހައިދިނީ ލިވަރޕޫލަށް ކުޅެމުންއަންނަ ފޯވަރޑް މުޙައްމަދު ސަލާހްއެވެ.
މި ނަތީޖާއާއެކު ރަޝިއާ ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް 6 ޕޮއިންޓާއެކުއެވެ. މި މެޗުން ބަލިވުމުން މިސްރަށް ދެވަނަ ބުރުގެ އުންމީދު މުޅިންކަހަލަގޮތަކަށް ބަންދުވީއެވެ. އެހެން ނަމަވެސް އަދި ބާކީ އެއްމެޗު އެޓީމަށް އެބަ އޮތެވެ. އެއީ ސައޫދީއާ އެކު ކުޅޭ މެޗެ.
މި މެޗުން މޮޅުވިނަމަވެސް ދެވަނަ ބުރުގެ އުންމީދު ކުޑައެވެ.



