ސާބިއާއިން ކޮސްޓަރީކާ ބަލިކޮށްފި

ކޮސްޓަރީކާގެ މައްޗަށް 0-1 އިން ސާބިއާ އިން ކުރި ހޯދައިފިއެވެ.

ސާބިއާއިން ރަނގަޅަށް ކުޅުނުނަމަވެސް މި ދެ ޓީމު މިރޭ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ސާބިއާ އިން ވަނީ ލީޑު ނަގާފައެވެ. ކޮސްޓަރީކާގެ ޕެނަލްޓީއޭރިއާގެ ބޭރުން ސާބިއާ އަށް ލިބުނު ހިލޭޖެހުމަކުން މި ގޯލު ކާމިޔާބުކޮށްދިނީ ރޯމާ އަށް ކުޅެމުން އަންނަ ކޮލަރޯވްއެވެ.

މި ގޯލަށްފަހު ވެސް ދެވަނަ ހާފްގައި ސާބިއާ އިން ރަނގަޅު ކުޅުމެއް ދެއްކިއިރު ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ވެސް އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ. ކޮސްޓަރީކާގެ ފަރާތުން މި ހާފުގައި އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު ސާބިއާގެ ގޯލަށް މާބޮޑު ނުރައްކަލެއް އެޓީމަށް ވަނީ ކުރެވޭ ގޮތް ނުވެފައެވެ.

މި ގްރޫޕްގައި ސާބިއާ ދެން ބައްދަލުކުރާނީ ސްވިޒަލޭންޑާއެވެ. ކޮސްޓަރީކާ ނިކުންނާނީ ބްރެޒިލްއާ ދެކޮޅަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.