ޕެރޫ ބަލިކޮށް ޑެންމާކް އިން އުންމީދުއާކޮށްފި

 

ވޯލްޑް ކަޕްގައި މިރޭ ކުޅުނު މެޗުން ޕެރޫގެ މައްޗަށް ޑެންމާކުން އިން ކުރި ހޯދައިފިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިރޭގެ މެޗުން ޑެންމާކް މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.

ގްރޫޕް ސީގައި ހިމެނޭ މި ދެ ޓީމު މިރޭ ބައްދަލުކުރި މެޗު ޕެރޫއިން ވަރުގަދަކޮށް ފެށިއިރު އެޓީމުން ވަނީ މެޗުގެ ކުރީކޮޅު ޑެންމާކުގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ.

އެހެން ނަމަވެސް މި ހަމަލާތަށް ދިފާއުކުރީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑެންމާކުގެ ގޯލްކީޕަރު ޝްމައިކަލްއެވެ.

މީގެއިތުރުން މެޗުގެ ލީޑު ނަގަން ޕެރޫ އަށް ވަނީ މި ހާފުގައި ޕެނަލްޓީއެއް ވެސް ލިބިގެން ގޮސްފައެވެ. ނަމަވެސް ޕެރޫގެ ކުއޭވާސް ފޮނުވާލު އެ ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ފުރަތަމަ ހާފްގައި ދެޓީމުންކުރެ ޓީމަކަށް ގޯލެއް ކާމިޔާބުނުކުރެވުނު ނަމަވެސް  ފަހުހާފު ފެށޑިގެން މެޗުގެ 59 ވަނަ މިނެޓްގައި ޑެންމާކުން ވަނީ ލަނޑުޖަހާ ލީޑު ނަގާފައެވެ. އެރިކްސަން ދިން ޕާހަކުން މި ގޯލު ޑެންމާކަށް ކާމިޔާބުކޮށްދިނީ ޔުރާރީ ޕޯލްސަންއެވެ. ޑެންމާކުން މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ކައިރިކައިރީގައި ޕެރޫ އިން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ޑެންމާކުގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް އެ ދެ ހަމަލާވެސް ވަނީ ޑެންމާކުގެ ކީޕަރު ދިފާއުކޮށްފައެވެ.

މެޗުގެ ފަހުވަގުތުކޮޅުގައި ޕެރޫއިން ލަނޑެއްޖަހަން ބުރަމަސައްކަތްތަކެއް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ޕެރޫއިން ވަނީ ނުރައްކާތެރި ހަމަލާއެއްވެސް ޑެންމާކުގެ ގޯލަށް ފޮނުވާލާފައެވެ. އެގޮތުން އިތުބާރު ފޯވާޑް ގުރޭރޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު ފާފާން ފޮނުވާލި ހަމަލާ ދިފާއުކުރީ ޑެންމާކުގެ ކީޕަރެވެ.

މެޗުގެ ފަހުވަގުތު ޑެންމާކަށް ވެސް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެގޮތުން އެރިކްސަން ފޮނުވާލި ހަމަލާ ޕެރޫގެ ކީޕަރު ދިފާއުކުރިއިރު ޔޯގެންސަން ފޮނުވާލި ހަމަލާ ދިފާއުކުރީ ޕެރޫގެ ޑިފެންޑަރެކެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.