ފީފާ ވޯލްޑްކަޕް 2018: ކްރޮއޭޝިއާ އަދި ނައިޖީރިއާ ބައްދަލުކުރާ މެޗަށް ބަލާލުމެއް !

ނައިޖީރިއާ އަދި ކްރޮއޭޝިއާ ބައްދަލުކުރާ މެޗަކީވެސް ބަލާލާހިއްވާ ކަހަލަ ފޯރިގަދަ މެޗަކަށް ވެގެންދާނެއެވެ. މިއީ މި ދެޓީމު ވާދަވެރި މުބާރާތެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މި ދެ ޓީމާއެކު، އާޖެންޓީނާ އާއި އައިސްލޭންޑް ހިމެނޭ ގުރޫޕް ޑީ މި ފަހަރު ބެެލެވެނީ ”މަރުގެ ގުުރޫޕް“ގެ ގޮތުގަ އެވެ. އެހެންކަމުން ފުރަތަމަ މެޗުން ރަނގަޅު ނަތީޖާއެއް ހޯދަން ނައިޖީރިއާ އާއި ކްރޮއޭޝިއާ އަށް ވެސް މުހިންމެވެ.

ނައިޖީރިއާ ޓީމަށް ބަލާއިރު،

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރޭންކިންގެ 47 ވަނާގައި އޮތް ނައިޖީރިއާ ފީފާ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވީ 1994 ވަނަ އަހަރެވެ.އެ އަހަރު އެމެރިކާގައި އޮތް ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރަށް ކޮލިފައިވި އެވެ.

އޭގެ ފަހުން 1998، 2002، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނައިޖީރިއާ ވާދަކުރިއެވެ. އަދި ދެ ފަހަރު ދެވަނަ ބުރަށް ދަތުރުކުރި އެވެ. ނައިޖީރިއާ އިން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ކޮލިފައިންގައި ރަނގަޅު ނަތީޖާތަކެއް ނެރެ، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ.

މިއީ  ނައިޖީރިއާ ވޯލްޑް ކަޕްގައި ކުޅޭ ހަ ވަނަ ފަހަރު. ނައިޖީރިއާ އަކީ ވޯލްޑް ކަޕްގައި އެންމެ ގިނައިން މިހާތަނަށް ވާދަކޮށްފައިވާ އެފްރިކާގެ ޤައުމުކަންވެސް ފާހަގަކޮށްލެވއެވެ.

ނައިޖީރިއާ އަކީ ރޭންކިން އަށް ބަލާއިރު ގުރޫޕް ޑީގައި އޮތް އެންމެ ދަށް ޓީމަށްވި ނަމަވެސް، ސްކޮޑުގެ ފެންވަރަށް ބަލާއިރު އެ ޓީމަކީ ބަލި ޓީމެއް ނޫނެވެ. ނައިޖީރިއާގެ ވިލްފްރަޑް އެންޑިޑީ މި މެޗަށް ފިޓުވާނެ ކަމަށް ބެލެވުނު ނަމަވެސް، ޑިފެންޑަރު ލިއޮޮން ބަލޮގަން މި މެޗަށް ފިޓުވާނެކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ނައިޖީރިއާގެ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަށް ބަލާއިރު، ނައިޖީރިއާގެ ކެޕްޓަން ޖޯން އޮބީ މިކޭލް އަކީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ކުރިން ޗެލްސީ އަށް ކުޅުނު މިކޭލް ،30، އަކީ 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނައިޖީރިއާ އަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ. އަދި އެންމެ ފަހުން ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ހަތަރު މުބާރާތުގައި ވެސް އޭނާ ވަނީ ނައިޖީރިއާ އަށް ކުޅެފަ އެވެ.

މިކޭލް ނައިޖީރިއާ އަށް ކުޅެން ފެށީ 2004 ވަނަ އަހަރު އެވެ. އަދި މިހާތަނަށް ޤައުމީ ޓީމަށް 80 އަށްވުރެ ގިނަ މެޗު ވަނީ ކުޅެފަ އެވެ.

ނައިޖީރިއާއިން ދެން ފާހަގަކޮށްލެވެނީ ޗެލްސީ އަށް މިހާރު ކުޅެމުންދާ މޯސެސްއެވެ. އޭނާއަކީ އަރިމަތިން ވަރަށް ރަނގަޅަށް ކުޅޭ ކުޅުންތެރިޔެކެވެ. ނައިޖީރިއާ އަށް 2013 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ މޯސެސް ވަނީ އެ ޤައުމަށް މިހާތަނަށް 30 މެޗު ކުޅެދީ، 10 ލަނޑު ޖަހައިފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި މޯސެސް ވެގެންދާނީ ނައިޖީރިއާ އަށް މުހިންމު ކުޅުންތެރިޔަކަށެވެ.

މޫސާ އަކީ ވެސް ނައިޖީރިއާގެ ފޯވަޑް ލައިންގައި މުހިންމު ކުޅުންތެރިއެކެއެވެ. އޭނާ ވަނީ މިހާތަނަށް ނައިޖީރިއާ އަށް ކުޅުނު 67 މެޗުގައި 13 ލަނޑު ޖަހާފައިވާ ކުޅުންތެރިއެކެވެ. މިހާރު ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަށް ކުޅެމުންދާ މޫސާ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ނައިޖީރިއާގެ އުންމީދުތަކާ ގުޅިފައިވާ ކުޅުންތެރިއެކެވެ.

ކޮރޮއޭޝިއާގެ ޓީމަށް ބަލާއިރު،

ކްރޮއޭޝިއާގެ އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ވާދަކޮށްފައިވަނީ 1998 ވަނަ އަހަރު ފްރާންސްގައި އޮތް މުބާރާތުގައެވެ.  އެ މުބާރާތުގައި ކްރޮއޭޝިއާ އިން ވަނީ ގިނަ ޓީމުތަކެއް ހައިރާންކޮށްލުމަށް ފަހު، މުބާރާތުގެ ތިން ވަނަ ހޯދައިފަ އެވެ. އޭގެ ފަހުން ކްރޮއޭޝިއާ އަށް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން ސަލާމަތްވެވޭ ގޮތެއްނުވެ އެވެ. އޭގެ ފަހުން ކްރޮއޭޝިއާ އިން ވަނީ 2002،2006، އަދި 2014 ވަނަ އަހަރު ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ.

ކްރޭޝިއާގެ ބައެއް މުހިންމު ކުޅުންތެރިންނަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވެނީ ރެއާލް މެޑްރިޑް މިޑްފީލްޑަރު ލޫކަ މޮޑްރިޗްއެވެ. އޭނާ އަކީ ކްރޮއޭޝިއާގެ ކެޕްޓަނެވެ. މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ މޮޑްރިޗް ވިދާލީ ޓޮޓެންހަމް ހޮޓްސްޕާ އިންނެވެ. އަދި ރެއާލް މެޑްރިޑާ ގުޅުނު ފަހުން، އޭނާވެފައިވަނީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަށެވެ.

މޮޑްރިޗް ޤައުމީ ޓީމަށް ކުޅެން ފެށީ 2006 ވަނަ އަހަރެވެ. އަދި އޭގެ ފަހުން ކްރޮއޭޝިއާ ވާދަކުރި ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި އޭނާ ވަނީ ކުޅެފަ އެވެ. މިހާތަނަށް އޭނާ ވަނީ ކްރޮއޭޝިއާ އަށް 103 މެޗު ކުޅެފަ އެވެ.

މޮޑްރިޗްގެ އިތުރުން ބާސެލޯނާގެ އީވާން ރަކިޓިޗް އަކީ ވެސް މި ވަގުތު ޔޫރަޕްގައި ހުރި އެންމެ ރަނގަޅު އެއް މިޑްފީލްޑަރެވެ.

ސްޕެއިންގެ ސެވިއްޔާގައި ވިދާލުމަށް ފަހު ބާސެލޯނާއާ ގުުޅުނު ރަކިޓިޗް ޤައުމީ ޓީމަށް ކުޅެން ފެށީ 2009 ވަނަ އަހަރުގަ އެވެ. އަދި މިހާރު އޭނާ އަކީ ކްރޮއޭޝިއާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއަށެވެ.  ކޮރޮއޭޝިއާ އަދި ނައިޖީރިއާ  މީގެ ކުރިން ވާދަވެރި މުބާރާތެއްގައި ބައްދަލުކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.