16 ވަނަ ބައިނަލްއަގްވާމީ އިންތިޚާބީ މަހާސިންތާގައި އިލެކްޝަންސް ކޮމިޝަން

އިންޓަނޭޝަނަލް ސެންޓަރ ފޮރ ޕާރލިމެންޓަރީ ސްޓަޑީސް (އައި.ސީ.ޕީ.އެސް) އަދި ނޭޝަނަލް އިލެކްޓޯރަލް ކޮމިޝަން އޮފް ޕޯޗުގަލް (ސީ.އެން.އީ) އިން އިންތިޒާމުކޮށްގެން 2018 މެއި 28 އިން 2018 މެއި 31 އަށް ޕޯޗްގަލްގެ ޓްރޮއިއާގައި ކުރިއަށްދާ ’16 ވަނަ ބައިނަލްއަޤްވާމީ އިންތިޚާބީ މަހާސިންތާ‘ ގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛު އަމްޖަދު މުޞްޠަފާ އަދި ކޮމިޝަނުގެ މެންބަރު އަޙުމަދު އަކުރަމްއެވެ.

4 ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގެ އިންތިޚާބީ ކަންތައްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުން އެއްތަންވެ ތަޖުރިބާތަށް ހިއްސާކޮށް، އިންތިޚާބީ އިދާރީ ކަންކަމާއި ގުޅޭގޮތުން ބައިވެރިންގެ ހިޔާލުތަށް ހިއްސާކުރުމަށް ބާއްވާ ޕްރޮގްރާމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މަހާސިންތާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންތިޚާބީ ކަންތައްތަކުގައި ބޭނުންކުރެވޭނެ ޒަމާނީ ވަސީލަތްތަކާއި އާލާތްތަކާއި ގުޅޭގޮތުން ދުނިޔޭގެ އިންތިޚާބީ މުއައްސަސާތަކުގެ މަންދޫބުންނާއި އެކު މަޝްވަރާ ކުރުމަށްވަނީ ތާވަލް ކުރެވިފައެވެ.

މި މަހާސިންތާގައި އިންތިޚާބާއި ގުޅޭ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށްޓަކައި ބާއްވާ ޕެނަލް ޑިސްކަޝަންގައި ކޮމިޝަންގެ ފަރާތުން މި ދެމެންބަރުން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މި ޕެނަލްގައި މަޝްވަރާކުރެވޭނެ ކަންތައްތަކުގެ ތެރޭގައި އިންތިޚާބީ އާ ވަސީލަތްތައް އީޖާދުކުރުމާ، ޒުވާނުން ވޯޓަށް އަހުލުވެރިކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންތިޚާބީ ހަމަހަމަކަން ފޯރުކޮށްދިނުން އަދި އިންތިޚާބާ ބެހޭ ފަރާތްތަކަށް ތަމްރީނު ދިނުން ހިމެނެއެވެ.

އަދި އިންތިޚާބާއި ބެހޭ ޖަމިއްޔާތަކަށް މިހާރު ކުރިމަތިވަމުންދާ މައްސަލަތަކަށް ހައްލު ހޯދުމަށް ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ ލަފާ ހޯދުމަށްވެސް މި މަހާސިންތާގައި ވަނީ ހަމަޖެހިފައެވެ.

ވޭތުވެދިޔަ އަހަރުގެ ޑިސެމްބަރުމަހު އައި ސީ ޕީ އެސްގެ ފަރާތުން ޖޯޑަންގައި ބޭއްވި މަހާސިންތާގައި 50 ގައުމަކުން ވަނީ  ބައިވެރިވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.