ބޯކޮށް ވާރޭވެހި، އޭދަފުށީގައި ފެންބޮޑުވެއްޖެ

ބ. އޭދަފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެއެވެ.

އެރަށު ކައުންސިލުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގާ އެރަށަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރަށުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވެހިކަލް ދުއްވުމަށްވެސް ދަތިވެފައިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

“ ރޭ ދަންވަރާއި މިއަދު ހެނދުނު ކުރި ވިއްސާރައިގައި މިރަށުގެ ބައެއް މަގުތަކުގައި ހިނގާ މީހުންނާއި ވެހިކަލްތައް ދުއްވަން ދަތިވާވަރަށް ވަނީ ފެންބޮޑުވެފަ. އަދި 3 ގެއަކަށް ފެންވަދެގެން ވަނީ ރިޕޯޓުކޮށްފަ“ ކައުންސިލު އިދާރާއިން ބުންޏެވެ.

ކައުންސިލު އިދާރާއިން ބުނީ ރަށުގެ ބައެއް ހިސާބުތަކުގައި ދޮޅޫ ފޫޓަށްވެސް ފެންބޮޑުވެފައިވާ ކަމަށެވެ. އަދި ރަށުގެ މުއައްސަސާތަކާއި ރައްޔިތުން އަދި ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައާގުޅިގެން މެޓް އޮފީހުން ބުނީ ކުރިއަށް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި މެދުތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހުންވެސް އެކަށީގެންވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.