އައްޑު ސިޓީގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ ޕްރޮގްރާމް ހިންގައިފި

އައްޑޫ ސިޓީގެ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން “ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ އޮން ސަރވިސް ޕްރޮވިޝަންސް ފޮރ ދަ އެލްޑަރލީ އެންޑް ވިކްޓިމްސް އޮފް އެބިޔުސް”ގެ 3ވަނަ ޕްރޮގްރާމް ހިންގަވައިފިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ އެހީތެރިކަމާއެކު އައްޑު ސިޓީގައި 5 ދުވަހުގެ މުއްދަށް ހިންގި މި ޕްރޮގްރާމްގައި ޖުމުލަ 14 ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިން ބައިވެރިވެފައިވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އައްޑޫ ހައި-ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޑެޕިއުޓީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޞިލާ ލީޝާ މުޙައްމަދު ވިދާޅުވީ، އަނިޔާ ލިބޭފަރާތްތަކަށާއި، އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނީ ކަމާބެހޭ ހުރިހާ އިދާރާތައް އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ. އަދި މީގެ އިތުރުން މި ދާއިރާގައި ހަރާކާތްތެރިވާ ޙިދުމަތްތެރިންގެ ބުރަ މަސައްކަތްތައް ފާހަގަކޮށް، ޝުކުރު އަދާކުރެއްވިއެވެ.

މެއި މަހުގެ 6ކުން 10އަށް ހިންގި މި ޕްރޮގްރާމްގައި ދާއިރާއާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް ބައިވެރިން އަހުލުވެރިކޮށް، އަނިޔާއިން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ކުޑަކުދިންނަށާއި، އަންހެނުންނަށާއި، ދޮށީ އުމުރުގެ މީހުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެ އުސޫލުތަކުގެ އިތުރުން، އެފަރާތްތަކަށް އަޅާލުމުގައި ގެންގުޅެންވީ މިންގަނޑުތައް އޮޅުންފިލުވައިދީފައިވެއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ދެ ފިޔަވަހީގައި ރާއްޖޭގެ 5 އަތޮޅަކުން ޖުމްލަ 57 ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިން ތަމްރީނުކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.