އެސްޓީއޯ އިން އެތެރެކުރާ އެންމެހާ ކާބޯތަކެތި ގެނެވެނީ ހެލްތާއި އެމް.އެފް.ޑީ.އޭ ގެ ޤަވާއިދުތަކުގެ ދަށުން: އެސްޓީއޯ

އެސްޓީއޯ އިން އެތެރެކުރާ އެންމެހާ ކާބޯތަކެތި ގެނެވެނީ ހެލްތާއި އެމް.އެފް.ޑީ.އޭ ގެ ޤަވާއިދުތަކުގެ ދަށުންކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން ބުނީ މުއްދަތު ހަމަވާން ކައިރިވެފައިހުރި ނުވަތަ މުއްދަތު ހަމަވެފައި ހުރި ތަކެތި އެސްޓީއޯ އިން އެތެރެކޮށް ނުވިއްކާނެ ކަމުގެ ޔަޤީންކަން އެކުންފުނީގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށާއި ނަމަވެސް މިކަމާގުޅިގެން މީސް މީޑިއާ އާއި އެކި މީޑިއާތަކުގައި ޞައްޙަނޫން މަޢުލޫމާތު ފަތުރަމުންދާކަމީ މިކުންފުނިން ހިތާމަކުރާކަމެއް ކަަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެސްޓީއޯއިން މިއަހަރު ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ބިހަކީ މިނިސްޓްރީ އޮފް ހެލްތް އިން 2017 ނޮވެމްބަރ 13 ވަނަ ދުވަހު ޢާއްމުކޮށްފައިވާ އިއުލާން ނަންބަރ (IUL)182/FCD/2017/18 އާއި އެއްގޮތަށް އެތެރެ ކުރެވިފައިވާ ބިސް ކަމަށާއި އެއިޢުލާންގައިވާ ގޮތުން 2018 ޖަނަވަރީ 15 އިން ފެށިގެން ރާއްޖެ އެތެރެކުރާ ބިސް، ޓްރީމަންޓެއް ނުދީ، ފިނި ނުކޮށް، އިމްޕޯޓްކޮށް ވިއްކަން ބަހައްޓަންވާނީ ކުކުޅުބިސް އުފެއްދި ތާރީޚުން ފެށިގެން އެންމެ ގިނަވެގެން 28 ދުވަހުގެ މުއްދަތަށް ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.

“ މިދެންނެވި 28 ދުވަހުގެ ތެރެއިން ބިސް އެތެރެކޮށް ގުދަންކުރުމަށް 7 ދުވަސް ނަގާނެ. ބާކީ އޮންނަ 21 ދުވަހަކީ ބިސް ވިއްކުމަށް ބަހައްޓަންލިބޭ ދުވަސްތައް“ އެސްޓީއޯ އިން ބުންޏެވެ.

އެ ކުންފުނިން އިތުރަށް ބުނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާން މަހު ޢާއްމު ރައްޔިތުންނަށް ހެޔޮ އަގުގައި ފިޔާ، ބިސް، އަދި އަލުވި ފޯރުކޮށްދިނުމަށްޓަކައި މިތަކެތި ރާއްޖެ އެތެރެކޮށް އެސްޓީއޯ އިން މިހާރުވެސް ވިއްކަމުން އަންނަކަަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.