ނައިފަރު އިފްތިތާޙްގައި އަޅާ 3 ބުރީގެ ޢިމާރާތް އެޅުމަށް ސްވިފްޓް އިންޖިނީރިންގ އަށް..

ފާދިއްޕޮޅު ނައިފަރު މަދްރަސަތުލް އިފްތިތާޙުގައި އަޅާ 3 ބުރީގެ ޢިމާރާތް އެޅުމަށް ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހިމް އިސްމާޢީލް އެވެ. ސްވިފްޓް އިންޖިނިއަރިންގގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ރައްޔިތުން މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސަޢުދުﷲ ޙިލްމީ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް މި މަސައްކަތް އެ ކުންފުންޏާއި ޙަވާލު ކޮށްފައިވާ އިރު، 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ. އަދި މި ޢިމާރާތުގައި 10 ކުލާސްރޫމާއި ސްޓާފްރޫމަކާއި އޭވީ ރޫމެއް ހިމެނޭނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިބްރާހިމް އިސްމާޢީލް ވިދާޅުވީ އަންނަ އަހަރުގެ އޮކްޓޯބަރު މަހު ޢިމާރާތުގެ މަސައްކަތް މުޅިން ނިމި، 2018ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ފެށޭއިރު އެ ޢިމާރާތުގެ ބޭނުން ކުރެވެން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި 2016ވަނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫއުގެ ތެރެއިން ތައުލީމީ ދާއިރާއަށް 359.72 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، މިއަދު ސޮއިކުރި ޕްރޮޖެކްޓާ އެކު މުޅި ޖުމުލަ 49 ޕްރޮޖެކްޓެއްގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އޭގެތެރޭގައި 319 ކުލާސްރޫމާއި 12 ހޯލާއި ސުކޫލުތަކަށް ބޭނުންވާ އެހެނިހެން ޢުމްރާނީ 23 ވަސީލަތްތައް ހިމެނޭ ކަމަށާއި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ޢަދަދު 316 މިލިއަން ރުފިޔާއަށް އަރާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އަދި 22 ޕްރޮޖެކްޓެއް އިޢުލާނުކޮށް އެވޯޑު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެއީ 153 ކުލާސްރޫމާއި ހަތް ހޯލާއި އަދި ސުކޫލުތަކަށް ބޭނުންވާ އެހެނިހެން 24 އުމްރާނީ ވަސީލަތްތައް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ މަސައްކަތްތަކަށް 80.2 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.