
”އިސްލާމިކް ފެއާ“ 2017 ފެށިއްޖެ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ”އިސްލާމިކް ފެއާ“ގެ ނަމުގައި ފެއާއެއް ފަށައިފިއެވެ.
މިއަދު ހަވީރު ފަށާފައިވާ މި ފެއަރ ރަސްމީކޮށް ހުޅުއްވައި ދެއްވީ މިރޭ އިސްލާމީމަރުކަޒު މައިދާނުގައި މިކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓްރީގެ މިނިސްޓަރ ޢަބްދުއްﷲ ނާޒިމް އިބްރާހީމް އެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވާ ގޮތުގައިމި ފެއާ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
އާއްމުކޮށް ހުރިހާ ފަރާތްތަކަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިފެއަރ އޮންނާނީ ހަވީރު 4:00އިން އިރުއޮއްސި 6:00އަށް އަދި ރޭގަނޑު 8:00އިން 10:00އަށް ކުރިއަށް ގެންދާނެކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
ދީނީ ތަފާތު މައުލޫމާތާއި އަދި ދީނީ މައުލޫއަށް ލިޔެފައިވާ ތަފާތު ފޮތްތަކެއް ހެޔޮއަގުގައި މިފެއާއިން ލިބެން ހުރިއިރު މިއަދު ހަވީރު ވަނީ ކުޑަކުދިންނަށް އަމާޒުކޮށްގެން ދީނީ މައުލޫމާތު މުއްސަނދިވާނޭގޮތަށް ބައްޓަންކޮށްގެން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ މިފެއާގައި ރާއްޖޭގެ ބައެއް ބުކްޝޮޕްތަކުންނާއި ޔުނިވާސިޓީތަކުގެ އިތުރުން ސަރުކާރުގެ ބައެއް މުއްސަަސާތަކުން ބައިވެރިވެފައިވެއެވެ.



