
އެސްޓީއޯ ސުޕަމާރޓް އިން ޔޫއޭއީގެ މަޝްހޫރު ކިޓްކޯ ބްރޭންޑް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި
ޔޫ.އޭ.އީ އަދި މެދުއިރުމަތީގެ ނަމްބަރ 1 ސްނެކްސް ބްރޭންޑް ކަމުގައިވާ ކިޓްކޯ އެސްޓީއޯ ސުޕަމާރޓް އިން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފިއެވެެ.
1926 ވަނަ އަހަރުން ފެށިގެން މެދުއިރުމަތީގައި އެންމެ މަޤުބޫލު ކިޓްކޯ ބްރޭންޑްގެ 4 ރޭންޖެއް އެސްޓީއޯ ސުޕަރމާޓް އިން ވަނީ ތައާރަފް ކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ
- ކިޓްކޯ ސްޓިކްސް
- ކިޓްކޯ ކެޓެލްކުކްޑް ޗިޕްސް
- ކިޓްކޯ ޕެންޑާ ހޫޕްސް
- ކިޓްކޯ ލައިޓް ޗީޒްބޯލްސް
އެސްޓީއޯ ސުޕަރމާރޓް އިން މައުލޫމާތު ދޭގޮތުގައި މި 4 ރޭންޖްގެ 29 ވައްތަރެއް ރީޓެއިލްކޮށް އެސްޓީއޯ ސުޕަަރމާޓް އިން އަދި ހޯލްސޭލްކޮށް އެސްޓީއޯ ސުޕަރމާޓް ހޯލްސޭލް ސެންޓަރުން ލިބެންހުންނާނެއެވެ.
ބާޒާރުގައި ލިބެންހުރި ބްރޭންޑް ތަކާ އަޅާބަލާއިރު ކިޓްކޯ ބްރޭންޑް %70 – %50 ދެމެދު ހެޔޮއަގެއްގައި ލިބިގެންދާނެކަމަށާއި މިބްރޭންޑް ރަސްމީކޮށް ތައާރަފްކުރުން ފެށިގެންދާމަހު އެސްޓީއޯ ސުޕަރމާޓްގައި ބާއްވާ ޗިޕްސް އެންޑް ސްނެކްސް ފެސްޓްގައި ވަރަށް ކުލަގަދަ ގޮތެއްގައި އޮންނާނެކަމަށްވެސް އެސްޓީއޯ ސުޕަރމާޓް އިން މައުލޫމާތުދެއެވެ.



