ކޯނޭ ބްރޭންޑްގެ އެލަވޭޓާރސް އެސްޓީއޯއިން ރާއްޖެއަށް ތައާރަފްކޮށްފި

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ކޯނޭ ބްރޭންޑްގެ އެލިވޭޓާރސް ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.

ކޯނޭއަކީ އެލިވޭޓާރސްގެ އިތުރުން އެސްކަލޭޓާރސް އަދި އޯޓޯ ވޯކް އަދި އޮޓޯ ޑޯސް ވެސް އުފައްދާ ކުންފުނިއެކެވެ. ކޯނޭއިން ވަނީ މިހުރިހާ ޕްރޮޑަކްޓްސްގެ ރާއްޖޭގެ އޮތޯރައިޒް ޑިސްޓްރިބިއުޓާރ އަކަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ހަމަޖައްސައިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިގޮތުން ކަސްޓަމަރު ބޭނުންފުޅުވާ ގޮތަކަށް އެލަވޭޓާރ ޑިޒައިންކޮށް އިންސްޓޯލްކޮށްދީ އާފްޓާރ ސޭލްސް ސާރވިސްގެ ހިދުމަތް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ލިބެން ހުންނާނެއެވެ. ކޯނޭ އަކީ ޔޫރަޕް އަދި މެދުއިރުމަތީގައި ވަރަށް ވަރުގަދަ ފިންލޭންޑް ކުންފުންޏެކެވެ.

މިގޮތުން ކޯނޭ އެލިވޭޓާރސް ދުނިޔޭގެ މައްޝޫރު ވަރަށް ގިނަ ތަންތަނުގައި ހަރުކުރެވިފައިވެއެވެ. މައްކާ ކްލޮކްޓަރަވާރ، މެރީނާބޭ ސޭނޑްސް ސިންގަޕޯރ ހިމެނެއެވެ. އަދި ހަމަމިޔާއެކު ދުނިޔެއަށް ފުރަތަމަ މެޝިން ރޫމްލަސް އެލެވޭޓާރ ޓެކްނޮލޮޖީ ތައާރަފްކުރީވެސް ކޯނޭއިންނެވެ. މެޝިން ރޫމްލަސް  އެލިވޭޓޭރގެ ސަބަބުން  އެލެވޭޓަރގެ ހޮއިސްޓްވޭގެ އެންމެ މަތިން ޖާގަ ބޭނުންވާވަރު ކުޑަކޮށްދެއެވެ.

މީގެ އިތުރުން ކޯނޭގެ އަލްޓްރާ ރޯޕް އަކީ ވެސް މިއިންޑަސްޓްރީ އުފަންވި މޮޅު ޓެކްނޮލޮޖީއެކެވެ. އާދައިގެ ރޯޕް އާއި ބަލާއިރު ކޯނޭ އަލްޓްރާ ރޯޕް އުމުރު ދިގުވެފައި  ދަބަރު ނުޖަހައެވެ.

އެސްޓީއޯއިން މަޢުލޫމާތު ދެއްވި ގޮތުގައި ކޯނޭ ބްރޭންޑް ތަޢާރަފްކުރުމާއި ގުޅިގެން ޕްރޮމޯޝަނަލް އޮފޯރ އެއްގެ ގޮތުން އެންމެ ފުރަތަމަ އެލިވޭޓާރސް ބައްލަވައި ގަންނަވާ 5 ފަރާތަކަށް ހަރުކޮށްދިނުމުގެ ޙިދްމަތް މުޅިން ހިލޭ ފޯރުކޮށްދެވޭނެއެވެ.

މީގެ އިތުރުން ބައްލަވައިގަންނަވާ ކޮންމެ އެލެވޭޓާރ އަކަ 12 މަސް ދުވަހުގެ ވޮރެންޓީ ލިބިގެންދާނެއެވެ.

ކޯނޭ އެލެވޭޓާރސް އޮފިޝަލް ލޯންޗިން ވަރަށް އަވަހަށް ބާއްވާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.