
ކޯނޭ ބްރޭންޑްގެ އެލަވޭޓާރސް އެސްޓީއޯއިން ރާއްޖެއަށް ތައާރަފްކޮށްފި
އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ކޯނޭ ބްރޭންޑްގެ އެލިވޭޓާރސް ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.
ކޯނޭއަކީ އެލިވޭޓާރސްގެ އިތުރުން އެސްކަލޭޓާރސް އަދި އޯޓޯ ވޯކް އަދި އޮޓޯ ޑޯސް ވެސް އުފައްދާ ކުންފުނިއެކެވެ. ކޯނޭއިން ވަނީ މިހުރިހާ ޕްރޮޑަކްޓްސްގެ ރާއްޖޭގެ އޮތޯރައިޒް ޑިސްޓްރިބިއުޓާރ އަކަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ހަމަޖައްސައިފައެވެ.
މިގޮތުން ކަސްޓަމަރު ބޭނުންފުޅުވާ ގޮތަކަށް އެލަވޭޓާރ ޑިޒައިންކޮށް އިންސްޓޯލްކޮށްދީ އާފްޓާރ ސޭލްސް ސާރވިސްގެ ހިދުމަތް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ލިބެން ހުންނާނެއެވެ. ކޯނޭ އަކީ ޔޫރަޕް އަދި މެދުއިރުމަތީގައި ވަރަށް ވަރުގަދަ ފިންލޭންޑް ކުންފުންޏެކެވެ.
މިގޮތުން ކޯނޭ އެލިވޭޓާރސް ދުނިޔޭގެ މައްޝޫރު ވަރަށް ގިނަ ތަންތަނުގައި ހަރުކުރެވިފައިވެއެވެ. މައްކާ ކްލޮކްޓަރަވާރ، މެރީނާބޭ ސޭނޑްސް ސިންގަޕޯރ ހިމެނެއެވެ. އަދި ހަމަމިޔާއެކު ދުނިޔެއަށް ފުރަތަމަ މެޝިން ރޫމްލަސް އެލެވޭޓާރ ޓެކްނޮލޮޖީ ތައާރަފްކުރީވެސް ކޯނޭއިންނެވެ. މެޝިން ރޫމްލަސް އެލިވޭޓޭރގެ ސަބަބުން އެލެވޭޓަރގެ ހޮއިސްޓްވޭގެ އެންމެ މަތިން ޖާގަ ބޭނުންވާވަރު ކުޑަކޮށްދެއެވެ.
މީގެ އިތުރުން ކޯނޭގެ އަލްޓްރާ ރޯޕް އަކީ ވެސް މިއިންޑަސްޓްރީ އުފަންވި މޮޅު ޓެކްނޮލޮޖީއެކެވެ. އާދައިގެ ރޯޕް އާއި ބަލާއިރު ކޯނޭ އަލްޓްރާ ރޯޕް އުމުރު ދިގުވެފައި ދަބަރު ނުޖަހައެވެ.
އެސްޓީއޯއިން މަޢުލޫމާތު ދެއްވި ގޮތުގައި ކޯނޭ ބްރޭންޑް ތަޢާރަފްކުރުމާއި ގުޅިގެން ޕްރޮމޯޝަނަލް އޮފޯރ އެއްގެ ގޮތުން އެންމެ ފުރަތަމަ އެލިވޭޓާރސް ބައްލަވައި ގަންނަވާ 5 ފަރާތަކަށް ހަރުކޮށްދިނުމުގެ ޙިދްމަތް މުޅިން ހިލޭ ފޯރުކޮށްދެވޭނެއެވެ.
މީގެ އިތުރުން ބައްލަވައިގަންނަވާ ކޮންމެ އެލެވޭޓާރ އަކަ 12 މަސް ދުވަހުގެ ވޮރެންޓީ ލިބިގެންދާނެއެވެ.
ކޯނޭ އެލެވޭޓާރސް އޮފިޝަލް ލޯންޗިން ވަރަށް އަވަހަށް ބާއްވާނެއެވެ.



