
ސްވައިން ފްލޫ ޖެހިގެން ނުވަ އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ސްވައިން ފްލޫ ޖެހިގެން ނުވަ އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ސްވައިން ފްލޫ ޖެހިގެން ނުވަ އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.
ސްވައިން ފުލޫޖެހިގެން ނިޔާވެފައިވަނީ އުމުރުން 9 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުކމުރުން 9 އަހަރުގެ މި ފިރިހެން ކުއްޖާ ނިޔާވީ ސްރީލަންކާގެ އާސިރީ ހޮސްޕިޓަލްގައި ސްވައިން ފުލޫ އަށް ފަރުވާ ދެމުން ދަނިކޮށްކޮށެވެ.
ލަންކާގައި ދިރިއުޅޭ އާއިލާ އަކަށް ނިސްބަތްވާ އެކުއްޖާ އަކީ މާލެ ކުއްޖެކެވެ.
އިއްޔެގެ ވަގުތެއްގައި ނިޔާވި ނިކުއްޖާގެ އިތުރު އެއްވެސް މައުލޫމާތެއް އާއިލާއިން ހާމަކޮށްފައެއް ނުވެއެވެ.
މި ދުވަސްވަރަކީ މާލޭގައިވެސް ވައިރަލް ހުން އަދި އަރިދަފުސް ރޯގާ ގިނަ ދުވަސްވަރަކަށް ވުމާއިއެކު އެންމެންވެސް މިކަމަށް ސަމާލުވުމަށް ހެލްތް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.



