ލ.ފޮނަދޫގައި ކަރަންޓުގެ މައްސަލަ ހައްލުކުރަން ޖެހިފައި.

ލ.ފޮނަދޫގައި ކަންރަންޓުގެ މައްސަލަ ބޮޑުވެ އެރަށު ގިނަ ބަޔަކުޝަކުވާ ކުރަމުން އެބަގެންދެއެވެ.

ލ.ފޮނަދޫގައި ކަރްނަޓުގެ މައްސަލަ ދިމާވެ އެރަށުގެ އާންމުރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ތަހައްމުލް ކުރަމުންގެންދާއިރު މި މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅެއް އަޅަމުން ނުދާކަމަށް އެރަށުގެ ރައްޔިތުން ދަނީ ބުނަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފޮނަދޫގައި ކަރަންޓުގެ މައްސަލަ އެންމެބޮޑަށް ތަހަންމުލް ކުރަމުންގެންދަނީ އެރަށުގެ ތިން އަވަށް ކަމުގައިވާ މެދު އަވަށާއި ކުރިގަމު އަދި ދާދި ފަހުން ފޮނަދޫއަށް ބަދަލުކުރި ގާދޫ ރައްޔިތުންނަށެވެ.

އެ އަވައްތަކުގެ މީހުން ބުނާގޮތުގައި އެކަށީގެންވާ މިންވަރަށް ކަރަންޓު ފޯރުކޮށް ދެމުން ނުދާތީ ގޭގައި ގެންގުޅޭ ކަރަންޓުން ބޭނުންކުރާ ބައެއް އާލާތްތަކަށް މައްސަލަ ދިމާވަމުންދާ ކަމަށެވެ.

އެގޮތުން ގޭގައި ބޭނުން ކުރާ ފެންމޯޓަރު، ކޮމްޕިއުޓަރ، ރެފްރިޖެރޭޓަރ ފަދަ ތަކެއްޗަށް މައްސަލަ ދިމާވަމުން ދާކަމަށެވެ.

އެކަށީގެން ވާވަރަށް ކަރަންޓު ނުލިބުމުގެ އިތުރުން ދޭތެރެ ދޭތެރެން ކަރަންޓު ކަނޑައިގެން ދިއުމުގެ މައްސަލަވެސް ދަނީ ކުރިމަތިވަމުންނެވެ.

އެރަށުގެ ބައެއް މީހުން ބުނާގޮތުން ކަރަންޓު ދައްކަމުން އެންމެ ކުޑަމިނުން ގޭގައި ހުންނަ ހޮޅިބުރި ބޮކި ފަދަ އާލާތްތަށްވެސް ރަނގަޅަށް ނުދިއްލޭ ކަމަށާއި އަދި ފަންކާވެސް ރަނގަޅަށް ނުހިގާ ކަމަށެވެ.

“ މިހާރު މިރަށުގައި އުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ. އަދިވެސް ކަރަންޓުގެ މައްސަލަ އަށް ހައްލެއް ނުލިބޭ. ވަކި ގަޑިއެއް ނޯވޭ ޚާއްސަކޮށް މެންދުރު އެންމެ ހޫނުވާ ގަޑީގައިވެސް ފަންކާވެސް ބޭނުން ކޮށް ނުލެވޭ ކަރަންޓު ދައްކަމުން“. ފޮނަދޫ ރައްޔިތަކު ކިޔާދިނެވެ.

ލ.ފޮނަދޫގައި ކަރަންޓުގެ މައްސަލަ އިނތިހާއަށް ބޮޑުވެފައިވާއިރު އެކަމާ ބެހޭގޮތުން ގިނަ ބައެއްގެ ޝަކުވާތަށް އޮހެމުންދާއިރު މިކަން ހައްލުކުރުމަށް ކަމާ ބެހޭ ފަރާތްތަކުންވެސް  އެކަށީގެންވާ ހައްލެއް ހޯދައިދޭން މަސައްކަތް ކުރަމުން ނުދާކަމަށްވެސް ދަނީ ބުނަމުންނެވެ.

އެހެން ނަމަވެސް ނަން ހާމަ ނުކުރުމަށް އެދެމުން އެރަށު ކައުންސިލަރަކު ވިދާޅުވީ ކަރަންޓުގެ މައްސަލަ ކުރިމަތިވެފައިވަނީ މިހާރު އިންޖީނުގޭގައި ބޭނުންކުރާ ޕެނަލް ބޯޑުން އެކަށީގެންވާވަރަށް ކަރަންޓު އުފައްދައި ނުދޭތީ ކަމަށާއި އެހެން ނަމަވެސް މިހާރު މުޅިން އާ ޕެނަލް ބޯޑެއް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެ ޕެނަލް ބޯޑު ހަރުކުރުމުގެ މަސައްކަތް އަދި ކުރަމުން ނުދާކަމަށެވެ.

އެހެން ނަމަވެސް ދާދި އަވަހަޑް އެ ޕެނަލް ބޯޑު ހަރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެފަރާތް ތަކުން ބުނެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

“ އަޅުގަނޑަށް ވެސް ތި މައްސަލަ ވަރަށް ބޮޑުވެފަ މިހުންނަނީ. ގިނަ ފަހަރު ފެންވަރަން ފާޚާނާއަށް ވަދެފަ ފެން ނުލިބިގެންވެސް އެތައް އިރަކު އެބަހުންނަން ކަރަންޓު ދައްކަމުން ރަނގަޅަށް މޯޓަރ ނުގިނގައިގެން. މިކަން ހައްލުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ. ވަރަށް އަވަހައް ކަރަންޓުގެ މައްސަލައަށް ހައްލކެއް އަންނާނެ ކަމަށް ބެލެވޭ“. ކައުންސިލަރ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ދާދިފަހުން ފޮނަދޫގައި ބޭއްވި ޖަލްސާއެއްގައި ކަރަންޓުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުންގެންދާކަމަށް ފޮނަދޫ ދާއިރާގެ މެމްބަރ އަބުދުއްރަހީމް (އަދުރޭ) ވިދާޅުވެފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.