ޗައިނާ މީހުން މިފަހަރުވެސް ތަފާތުކަމެއް ކުރުމަށް ތައްޔާރުވަނީ

ޗައިނާ އޭ ބުނެފިނަމަ، ހިތަށް އެންމެ ފުރަތަމަ އަންނާނީ ކޮންމެވެސް އެއްޗެއް، ތަނެއް ނުވަތަ މީހެއް ނަކަލު ކުރަން އުޅޭ ވާހަކައެވެ.

ސަބަބުތައްވެސް އެބަހުއްޓެވެ. ދުނިޔޭގެ ބާޒާރަށް އަގުބޮޑު ފޯނެއް، ޓީވީއެއް ނުވަތަ އެނޫންވެސް އެއްޗެއް ނުކުންނަތާ މާގިނަ ދުވަހެއް ނުވެ، ޗައިނާގެ ވިސްނުންތޫނު އަހުލުވެރިން އެ އެއްޗެއް ބާޒާރަށް ނެރޭނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެހެންނަމަވެސް މިހާރު ދައްކަން މިއުޅެނީ އެފަދަ ވާހަކައެއް ނޫނެވެ. ޗައިނާ މީހުންނަކީ މަޤުބޫލުކަން ހޯދުމުގައިވެސް އަރާތިބި ބައެކެވެ. މިހާރު އެމީހުން ތައްޔާރުވަމުންދަނީ ’ ދަ ގްރޭޓް ވޯލް ’ ނުވަތަ ޗައިނާގެ ބޮޑުފާރުގެ ދަށުގައި ރޭލްވޭ ސްޓޭޝަނެއް ހެދުމަށެވެ.

ދެހާސް ބާރަވަނަ އަހަރުގެ ވިންޓަރ އޮލިމްޕިކްސްވެސް ޗައިނާގެ ޒަންޖިއަކޫގައި ބޭއްވުމަށް ނިންމާފައިވާ އިރު، ޗައިނާގެ މީޑިއާއިން ބުނެފައިވަނީ ދުނިޔޭގައި ބިމުގެ އެންމެ އަޑީގައި ހަދާ އެންމެ ބޮޑު ރޭލްވޭ ސްޓޭޝަން އެޅުމަށް އެޤައުމުން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ދުނިޔޭގައި ބިމުގެ އެންމެ އަޑީގައި ހަދާ އެންމެ ބޮޑު ރޭލްވޭ ސްޓޭޝަން އެޅުމަށް ނިންމާފައިވަނީ ޗައިނާގެ ބެއިޖިންގގެ ހުޅަނގު އުތުރުން 80 ކިލޯމީޓަރު ދުރުގައި، ބޮޑުފާރުގެ ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރާ ސަރަހައްދު ކަމުގައިވާ ބަޑަލިންގ ގައެވެ.

ޕީޕަލްސް ޑެއިލީ ނޫހުގައި ބުނެފައިވާ ގޮތުން ރޭލްވޭ ސްޓޭޝަނުގެ ސައިޒު، ފުޓުބޯޅަ ކުޅޭ ފަސް ދަނޑުހާ ބޮޑު އިރު، މިއީ ބިމުގެ 102 މީޓަރު އަޑީގައި، 36،000 އަކަ މީޓަރުގެ ސަރަހައްދެއްގައެވެ.

ބަޑަލިންގ ގައި އަޅާ ރެއިލްވޭ ސްޓޭޝަން ވެގެންދާނީ ދުނިޔޭގައިވެސް ބިމުގެ އެންމެ އަޑީގައި ހަދާ އެންމެ ބޮޑު ސްޓޭޝަންގެ އިތުރުން އެންމެ ބޮޑު ހައިސްޕީޑު ރެއިލްވޭ ސްޓޭޝަނަށެވެ.

ޗައިނާގެ ބޮޑުފާރު ވަރލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވާ އިރު، މި ރެއިލްވޭ ސްޓޭޝަން އަޅަނީ ބޮޑުފާރުގެ ދަށުގައިވާ ފަރުބަދަތަކުގެ އަޑީގައި ކަމަށްވާތީ އެ ޤައުމުން އަންނަނީ ފާރަށް ގެއްލުން ނުވާނެ ގޮތަކަށް ބިމު އަޑި ކޮންނާނެ ޓެކްނޮލޮޖީތަކެއް ހޯދަމުންނެވެ.

ޔަޤީނުންވެސް އިނގޭ ކަމަކީ ކޮންމެ ގޮތެއްވިޔަސް މިކަންވެސް ޗައިނާ މީހުން ކުރާނެ ކަމެވެ. ބަލަން ތިބެމާހެއްޔެވެ….

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.