
ފޮނަދޫ ރޫޙް އެފްސީން ގާދޫ ފޮގް ޖޫނިއަސް ޓީމް ކޮޅަށް 12 ލަނޑު ޖަހައިފި.
މިހާރު ލ.ފޮނަދޫ ގައި ކުރިޔަށްދާ ”އަދުރޭ ފުޓްސަލް ޗެލެންޖް 2017“ ގައި އިއްޔެއާ ރޭ ވެސް ވަނީ ފޯރިގަދަ މެޗުތަކެއް ކުޅެވިގެން ގޮސްފައެވެ.
އެގޮތުން އިއްޔެއާއި ރޭ ކުޅެވުނު މިމެޗުތަކަށް ބަލާއިރު އިއްޔެ ހަވީރު ކުޅެވުނީ މި މުބާރާތުހެ 8 ވަނަ މެޗެވެ. 16:10 ގައި ކުޅެވުނު މި މެޗުގައި ބައްްދަލުކޮށްފައިވަނީ ބަރުލަމާނީ އާއި ވިކިންގްސް އެވެ.

މި މެޗު ނިމިގެންދިޔައީ ފޯރިގަދަ ކުޅުމަކަށްފަހު 3:3 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެ އޮވެގެންނެވެ. މިއީ މި މުބާރާތުގައި މި ނަތީޖާގައި ދެޓީމު އެއްވަރުވެގެން ނިމުނު ފުރަތަމަ މެޗުކަން ފާހަގަކޮށްލަންޖެހެއެވެ.
މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޖާޒީ ނަމްބަރ 7 މުޙައްމަދު ސިނާޒް (ސީކޯ) އެވެ.

ދެވަނަ އަށް ކުޅެވުނީ މިމުބާރާތުގެ 9 ވަނަ މެޗެވެ. އިއްޔެ ހަވީރު 17:10 ގައި ކުޅެވުނު މި މެޗުގައި ބައްދަލުކޮށްފައިވަނީ ގާދޫ ފޮގް ޖޫނިއަސް އާއި ފޮނަދޫ ރޫޙް އެފްސީ އެވެ. މި މެޗު 12:0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ރޫހް އެފްސީ އެވެ. މީ މި މުބާރާތިގައި މިހާ ބޮޑުތަފާތަކުން ޓީމެއް ބަލިވި ފުރަތަމަ ފަހަރެވެ.

މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ރޫހް އެފްސީގެ ޖާޒީ ނަމްބަރ 7 އިބުރާހިމް ރަޝީދު އެވެ.

މި މުބާރާތުގެ 10 ވަނަ މެޗުގައި ރޭ 20:30 ގައި ބައްދަލުކޮށްފައިވަނީ އިވަލްސް އާއި އެފްސީ ކުންފޫ އެވެ. މި މެޗު 9:4 ގެ ނަތީޖާއިން ކާމިޔާބުކުރީ އިވަލްސް އެވެ.
މި މުބާރާތުގެ 11 ވަނަ މެޗުގައި ރޭ 21:30 ގައި ބައްދަލުކޮށްފައިވަނީ މާމެންދޫ ޑީޑީއެފް އާއި ކުރިގަމު ބޮލޫ ބްރިޖްއެވެ. މި މެޗު 7:1 ގެ ނަތީޖާއިން މެޗު ކާމިޔާބުކުރީ މާމެންދޫ ޑީޑީއެފް އެވެ.

މި މުބާރާތުގެ 12 ވަނަ މެޗުހައި ރޭ 22:30 ގައި ބައްދަލުކުރީ ގަމު މުކުރިމަގު ކަންމަތި އާއި ގާދޫ ފޮގް ސީނިއަރ ޓީމެވެ. މި މެޗު 6:0 ގެ ނަތީޖާއިން ކާމިޔާބުކޮށްފައިވަނީ ކަންމަތީ ޓީމެވެ.
މި މެޗުން ބަލިވުމުން ގާދޫ ފޮގް ސީނިއަރ ޓީމަށް މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ވަނީ ކެނޑިފައެވެ. ފޮގް ވަނީ ކުޅުނު ދެމެޗުން ވެސް ބަލިވެފައެވެ.
މިއަދާ މިރޭވެސް މި މުބާރާތުގެ ފޯރިގަދަ މެޗުތަކެއް ކުޅެވޭނެއެވެ. މިއަދު ހަވީރު 16:10 ގައި ކުޅެވޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ރިދަމް އާއި ގޯޅި އެވެ. 17:10 ގައި ކުޅޭ ދެވަނަ މެޗުހައި ބައްދަލު ކުރާނީ އެމިގޯސް އާއި ކ.ބޯލާ އެވެ.
މިރޭ 20:30 ގައި ކުޅެވޭ މެޗުގައި ބައްދަލުކުރާނީ ޕީޓްރަސް އާއި ދި ލެޖެންޑްސް އެވެ. 21:30 ގައި ކުޅެވޭ މެޗުގައި ވިކިންގްސް އާއި ޓީމް ޖީސްޓާ ބައްދަލުކުރާއިރު 22:30 ގައި ކުޅެވޭ މެޗުގައި ބައްދަލުކުރާނީ ގާދޫ ފޮގް ޖޫނިއަސް އާއި ޓީމް ފެއާ ޕްލޭ އެވެ. މި މެޗުން ފޮގް ޖޫނިއަސް ބަލިވެއްޖެ ނަމަ އެޓީމަށް ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ކެނޑޭނެއެވެ.



