“ އަދުރޭ ފުޓްސަލް ޗެލެންޖް 2017 “ ކުލަގަދަ ރަސްމިއްޔާތަކަށް ފަހު ރޭ ފެށިއްޖެ.

ކުލަގަދަ ރަސްމިއްޔާތަކަށް ފަހު ”އަދުރޭ ފުޓްސަލް ޗެލެންޖް 2017“ ރޭ ފެށިގެން ކުރިޔައް އެބަދެއެވެ.

”އަދުރޭ ފުޓްސަލް ވެލެންޖް 2017“ ހުޅުވުމުގެ ރަސްމިއްޔާތު ލ.ފޮނަދޫ މެދުއަވަށު ކުޅޭ ބިމުގައި ރޭ ބޭއްވުނު އިރު މި ރަސްމިއްޔާތުގައި ރާއްޖޭގެ ގިނަ އިއްޒަތްތެރިން ވަނީ ބައިބެރިވެ ވަޑައިގެންގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެގޮތުން ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމް ގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.

ކުލަގަދަ ފޯރިގަދަ ރަސްމިއްޔާތަކަށް ފަހު ”އަދުރޭ ފުޓްސަލް ޗެލެންޖް 2017“ ރޭ ފެށިގެން ދިޔައީ  ކ.ބޮލާ އާއި އީވަލްސްގެ ކުރިމަތި ލުމުންނެވެ. ރޭ 21:30 ގައި ކުޅެވުނު މި ފޯރިގަދަ މެޗު 0-7 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ އީވަލްސްއިން ނެވެ.

މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ އީވަލްސްގެ ނާސިހް އެވެ.

މި މުބާރާތުގެ ދެވަނަ މެޗު ކުޅެވުނީ ރޭ ގަޑިން 22:30 ގައެވެ. މި މެޗުގައި ބައްދަލުކުރީ ޓީމް ފެއާ ޕްލޭއާއި ގޯޅި އެސްސީ އެވެ. މި މެޗު 7:0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ގޯޅި އެސްސީ އެވެ.

މި މުބާރާތުގެ ފޯރިގަދަ މެޗުތަކެއް މިއަދާއި މިރޭވެސް ކުޅެވޭނެއެވެ. އެގޮތުން ފުރަތަމަ މެޗު ކުޅޭނީ މިއަދު ހަވީރު 16:10 ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ޑީޑީ އެފް ދި ޖެނެރޭޝަން އާއި އެފްސީ ޕީޓްރަސް އެވެ.

މިއަދުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ފޮގް އާއި ޓީމް ޖީ ސްޓާއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 17:10 ގައެވެ.

މިއަދުގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ އައިޑޮލްސް އާއި ރިދަމް އެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ.

ހަތަރުވަނަ މެޗުގައި ބައްދަލުކުރާނީ ލާމު ޕޮލިސް އާއި އެމިގޯސް އެސްސީ އެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:30 ގައެވެ.

މިރޭ ކުޅޭ އެންމެ ފަހު މެޗު ގައި ބައްދަލުކުރާނީ ދި ލެޖެންޑްސް އާއި މުކުރިމަގު އެސްސީ އެވެ. މި މެޗު ފަށާނި މިރޭ 22:30 ގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.